ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަރކުރިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އުމުރުން 41 އަހަރުގައި ރޮނާލްޑޯ މި ނިންމުން ނިންމީ، ގައުމީ ޓީމުގެ މަޝްހޫރު 7 ނަންބަރު ޖާޒީ އައު ޖީލުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ރޮނާލްޑޯ ކެރިއަރު ނިންމާލީ ޕޯޗުގަލްގެ ތާރީހުގައިވެސް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 234 މެޗުގައި 146 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި އަސަރުގަދަ މެސެޖެއްގައި އޭނާ ފާހަގަކުރި ގޮތުގައި، 2003 ވަނަ އަހަރު ފެށި މި ދަތުރަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ތަޖުރިބާއެކެވެ. ރޮނާލްޑޯ ބުނި ގޮތުގައި މިއީ ހަމައެކަނި ސިކުނޑިން ނިންމި ނިންމުމެއް ނޫން ކަމަށާއި، މި ނިންމުމުގައި ހިތުގެ އިހުސާސްތައް އެކުލެވޭކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ގައުމީ ޖާޒީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
ރޮނާލްޑޯ ވަނީ 23 އަހަރު ޤައުމީޓީމަށް ކުޅެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް