ކޫންޔާ، ރޯމާ ކޮޅަށް ލަނޑު ޖަހަނީ... ފޮޓޯ: ސްކައި
ކޫންޔާ، ރޯމާ ކޮޅަށް ލަނޑު ޖަހަނީ... ފޮޓޯ: ސްކައި
ކުޅިވަރު 04 Nov 2026 | 09:13

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި

ފަހަތުން އަރައި ރޯމާ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން އެޓީމްގެ އަސްލު ފެންވަރު ދައްކާލައިފިއެވެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިތަލީގެ ރޯމާ އާ ދެކޮޅަށް ކުޅުނު މިމެޗް، ޔުނައިޓެޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ރޯމާއިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައެވެ. މިއީ ވޭތުވެދިޔަ 54 ދުވަހުގެ ތެރޭގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ ވަރަށް ބަލިކަށި ކުޅުމެކެވެ. މީގެ ފައިދާ ނަގައި ރޯމާގެ މަޓިއަސް ސޫލޭ އާއި ޑޮންޔެލް މާލެން ވަނީ ދެ ލަނޑުގެ ލީޑެއް އެ ޓީމަށް ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ.

ޔުނައިޓެޑަށް އުންމީދު އާވެގެން ދިޔައީ މެތިއަސް ކޫންޔާ ހޯދައިދިން ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމުންނެވެ. އޭގެ ފަހުން ލިއޮނާޑޯ ބަލާޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކޫންޔާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ޒުވާން ކުޅުންތެރިޔާ ޝީ ލޭސީ ތަނަވަސްކޮށްދިން ފުރުސަތަކުން ކޫންޔާ ވަނީ ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ކޫންޔާއަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓެޑަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް، އެ ޓީމުން ވަނީ ރޯމާގެ ހަމަލާތައް ހުއްޓުވައި މެޗުން މޮޅުވެފައެވެ. މިއީ ކޯޗު މައިކަލް ކެރިކަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ.

މި ކާމިޔާބީއާއެކު ޔުނައިޓެޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، ޓީމުގެ ރޫހު ވަނީ ވަރުގަދަވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސެލްޓާ ވިގޯއާ ދެކޮޅަށް ރެއާލް މެޑްރިޑުން ހޯދި އުނދަގޫ މޮޅާއެކު މޮރީނިއޯގެ ތައުރީފު ކުޅުންތެރިންނަށް
23 Nov 2026 ކުޅިވަރު

ސެލްޓާ ވިގޯއާ ދެކޮޅަށް ރެއާލް މެޑްރިޑުން ހޯދި އުނދަގޫ މޮޅާއެކު މޮރީނިއޯގެ ތައުރީފު ކުޅުންތެރިންނަށް

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، އެ ޓީމުން ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ހީކުރި ވަރަށްވުރެ ބޮޑު ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ

ހަލް މެޗުން ބްރައިޓަން ބަލިވުމުން ހުރިހާ މޮޅެއް އާސެނަލަށް
23 Nov 2026 ކުޅިވަރު

ހަލް މެޗުން ބްރައިޓަން ބަލިވުމުން ހުރިހާ މޮޅެއް އާސެނަލަށް

މި މެޗުން މޮޅުވެގެން ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ ތިން ޕޮއިންޓަށް ގާތްވުމުގެ ފުރުސަތު ބްރައިޓަން އަށް އޮތެވެ

ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ހިތްދަތި ނަތީޖާއެއް
23 Nov 2026 ކުޅިވަރު

ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ހިތްދަތި ނަތީޖާއެއް

މި ބޮޑު ނަތީޖާއަކީ 1926 ވަނަ އަހަރަށްފަހު ޔުނައިޓެޑުގެ އާ ކޯޗަކު ހަވާލުވި ފުރަތަމަ މެޗުގައި އެ ޓީމު ބަލިވި އެންމެ ބޮޑު ނަތީޖާއެވެ

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.