މެޑްވެޑެވް ކެމެރާގައި "ސްޓިލް ނޯ މޯލްޑިވްސް" ލިޔާ މަންޒަރު
މެޑްވެޑެވް ކެމެރާގައި "ސްޓިލް ނޯ މޯލްޑިވްސް" ލިޔާ މަންޒަރު
ކުޅިވަރު 21 Nov 2026 | 12:58

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

ރަޝިޔާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔެއް ކަމަށްވާ ޑެނީ މެޑްވެޑެވް މިހާރު ހިނގަމުންދާ އޭޓީޕީ ވޯލްޑް ޓުއާގެ ސެމީ ފައިނަލަށް ދިއުމުން އޭނާ ކެމެރާގައި "ސްޓިލް ނޯ މޯލްޑިވްސް" ލިޔެ، އޭނާ ޗުއްޓީއަށް ރާއްޖެއަށް އަންނަން ކެތްމަދުވެފައި ހުރި މިންވަރު ދައްކާލައިފިއެވެ.

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

މިހާރު ކުރިއަށްދާ މުބާރާތުގައި މެޑްވެޑެވް ވަނީ ފްރާންސްގެ ޓިއާފޯ ބަލިކޮށް، ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އޭނާ ސެމީ ފައިނަލްގައި ވާދަކުރާނީ މިއަދު ޖަރުމަނުގެ އެލެކްޒާންޑާ ޒްވެރެވްއާ ދެކޮޅަށެވެ.

ރަޝިޔާގައި ރާއްޖެއަކީ މަގްބޫލް މަންޒިލެއް ކަމުން، އެ ގައުމަށް ނިސްބަތްވާ ގިނަ ފަތުރުވެރިން ރާއްޖެއަށް ޗުއްޓީއަށް އާދެއެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ފަތުުރުވެރިން ރާއްޖެއަށް އަންނަ ގައުމަކީ ރަޝިޔާއެވެ.

ރާއްޖެއަކީ މަޝްހޫރު ބޮޑެތި ނަންތައް ޗުއްޓީ ހޭދަކުރުމަށް އާންމުކޮށް އަންނަ މަންޒިލެކެވެ. އެގޮތުން، އެކި ކުޅިވަރުތައް ކުޅޭ މީހުންނާއި، ބައިނަލްއަގުވާމީ ފިލްމީ ތަރިންގެ އިތުރުން ގިނަ މުއްސަނދިންވެސް އެމީހުންގެ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އާދެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މިއަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު މަދުވެފައި ވީނަމަވެސް، ރާއްޖެއަށް އަންނަން ބޭނުންވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ޑެނީ މެޑްވެޑެވް އަކީ ޗުއްޓީހޭދަކޮށްލުމަށް އާންމުގޮތެއްގައި ރާއްޖެ އަންނަ އެތްލީޓެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ސީޒަން ނިންމާލުމަށްފަހު އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.