ވެންޑައިކް.. ފޮޓޯ؛ ސްކައި ސްޕޯޓްސް
ވެންޑައިކް.. ފޮޓޯ؛ ސްކައި ސްޕޯޓްސް
ކުޅިވަރު 21 Nov 2026 | 09:13

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

އަދިވެސް ގިނަ އަހަރުތަކެއް ވަންދެން މަތީ ފެންވަރުގައި ކުޅެވޭނެ ކަމަށާއި ނަމަވެސް ލިވަޕޫލްގައި ހުންނާނެކަމާމެދު އަދި ވަކި އެއްޗެއް ބުނަން ނޭނގޭކަމަށް އެޓީމްގެ ޑިފެންޑަރު ވެން ޑައިކް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އާ ވާހަކަދައްކަމުން އުމުރުން 35 އަހަރުގެ ވެންޑައިކް ބުނީ، ލިވަޕޫލާއެކު އޮތް އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫންއަށް ހަމަވާއިރު، އަންނަ ސީޒަނުގައި އެންފީލްޑުން ފެންނާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާކަމަށެވެ. ލިވަޕޫލާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ފަދަ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ޑިފެންޑަރު ބުނީ، މިވަގުތު އޭނާގެ ފިޓްނަސް ހުރި ގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބު ކުޅުމެއް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އަހަރެންގެ ހާލަތު ރަނގަޅުވުން. އަހަރެން އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ސަމާލުކަންދެން. އަހަރެން ގަބޫލުކުރާ ގޮތުގައި އަދިވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅުމުގައި ދެމިހުރެވޭނެ،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޑައިކް ބުންޏެވެ.

މުސްތަގުބަލާ މެދު ވާހަކަ ދައްކަމުން އޭނާ ބުނީ، މި ސީޒަނަށް ފަހު ވާނެ ގޮތެއް އަދި ނޭނގޭ ކަމަށާއި، މިވަގުތު އޭނާގެ އެއްވެސް ނިންމުމެއް ނެތް ކަމަށެވެ. "މިވަގުތު އެއްވެސް މީހަކު އަހަރެން އަންނަ ސީޒަނުގައި ކުރާނެ ކަމެއް އެނގޭ ކަމަށް ބުނާ ނަމަ އެއީ ދޮގެއް. އަހަންނަށް ވެސް އަދި އެކަން އެނގިފައެއް ނުވޭ. އަހަރެން މިހުރީ ވަރަށް ހަމަޖެހިގެން. މިވަގުތު ސަމާލުކަން ދެނީ ކުރިއަށް ހުރި މެޗުތަކަށް،" އޭނާ ބުންޏެވެ.

ލިވަޕޫލްގައި ހޭދަކުރި 10 ވަރަކަށް އަހަރަކީ އޭނާގެ ހަޔާތުގެ ވަރަށް ބޮޑު ބައެއްކަން ފާހަގަކުރަމުން ވެން ޑައިކް ބުނީ، ކްލަބުން އެއްބަސްވުން އާކުރަން ހުށަހަޅައިފި ނަމަ އެކަމާ މެދު ވިސްނާނެ ކަމަށެވެ. ނަމަވެސް އެފަދަ ފުރުސަތެއް ނުލިބިއްޖެ ނަމަ، އަންނަ ހޫނު މޫސުމުގައި ކްލަބާ ވަކިވާނެ ކަމަށް އޭނާ އިޝާރާތް ކުރިއެވެ. ކްލަބް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހާލަންޑުގެ ޕެނަލްޓީއާއެކު ފަހުވަގުތު، ޑެންމާކް ބަލިކޮށް ނޯވޭ ކުއާޓާ ފައިނަލަށް
18 Nov 2026 ކުޅިވަރު

ހާލަންޑުގެ ޕެނަލްޓީއާއެކު ފަހުވަގުތު، ޑެންމާކް ބަލިކޮށް ނޯވޭ ކުއާޓާ ފައިނަލަށް

މި ކާމިޔާބީއާއެކު ނޯވޭއިން ވަނީ ޑެންމާކް މުބާރާތުން ކަޓުވާލުމަށްފަހު، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި އެ ޓީމުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ހަންގޭރީމެޗް އެއްވަރުކޮށް އަޔަލޭންޑް ނޭޝަންސް ލީގް އޭއަށް
18 Nov 2026 ކުޅިވަރު

ހަންގޭރީމެޗް އެއްވަރުކޮށް އަޔަލޭންޑް ނޭޝަންސް ލީގް އޭއަށް

ލީގު ސީ އިން ޕްރޮމޯޓްވިތާ އެންމެ ދެ އަހަރު ތެރޭގައި ނޮދަން އަޔަލޭންޑުން މި ހޯދި ކާމިޔާބީއަކީ އެ ޓީމުގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ކުރިއެރުމެކެވެ. މިއާއެކު ދެން އޮންނަ ނޭޝަންސް ލީގުގައި އެ ޓީމު ވާދަކުރާނީ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި
17 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި

ޕޯޗުގަލްގެ ތާރީޚުދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފިއެވެ.

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި
17 Nov 2026 ކުޅިވަރު

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި

ސެއިންޓް ގަލެންގައި ކުޅުނު މި މެޗް ސްވިޒަރލޭންޑުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސްވިޒަލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ.