އަދާލަތުގެ އެސްޖީ ޒިނާހު- ފޮޓޯ/ އަދާލަތު ޕާޓީ
އަދާލަތުގެ އެސްޖީ ޒިނާހު- ފޮޓޯ/ އަދާލަތު ޕާޓީ
ހަބަރު 20 Nov 2026 | 17:58

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ޒިނާހު މިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ކުރީގެ ތަރުޖަމާނު ޢަލީ ނަޒީރު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން، ޝައިޚް ޙަސަން ލަޠީފް ޢަދާލަތު ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން ނަޒީރު ވިދާޅުވެފައިވަނީ، އެކަމުން ރަމްޒުކޮށްދެނީ ޕާޓީގެ މިހާރުގެ ލީޑަރޝިޕްގެ ނުކުޅެދުންތެރިކަމާއި، ސިޔާސީ ހަލަބޮލި މާހައުލުގައި މެންބަރުންގެ ރޫޙާ އެއްގޮތަށް ޕާޓީ ހިންގުމުގެ ވިސްނުމާއި ޤާބިލުކަން މިހާރުގެ ލީޑަރޝިޕްގައި ނެތް ކަމެވެ.

ނަޒީރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އެސްޖީ ޒިނާހު ވިދާޅުވީ، ޝައިޚް ޢިމްރާން ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ މުއައްސިސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ (رحمه الله) ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ.

މީގެއިތުރުން، އޭރުގެ ލީޑަރޝިޕުން ނިންމި ނިންމުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޢިލްމުވެރިން ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ޒިނާހު ވަނީ ބައެއް ބޭފުޅުންގެ ނަންތައް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

ޝައިޚް މުޙައްމަދު ދީދީ

ޝައިޚް މުޙައްމަދު ލަޠީފް

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޝައިޚް ޢިއްޒުއްދީން

ޝައިޚް ޢަލީ ރިޟާ

ޝައިޚް ރުޝްދީ

ޝައިޚް ޙުސައިން ފަހުމީ

ޝައިޚް ރަޒީން، އަދި

ޝައިޚް ނަސީމް ފަތުޙީ

ހަމައެއާއެކު، ޖަމްޢިއްޔަތުއް ސަލަފްގެ ޢިލްމުވެރިން ޢަދާލަތު ޕާޓީއާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދެވުމަށްފަހު ދުރަށް ޖެހިވަޑައިގަތީވެސް، އޭރުގެ ލީޑަރޝިޕުން ކަންކަން ނިންމަމުން ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށް ޒިނާހު ވިދާޅުވިއެވެ.

މާޒީގައި އެކަންކަން އެހެން ހިނގާފައިވީ ނަމަވެސް، ޒިނާހު ވިދާޅުވީ މިއަދު ޢަދާލަތު ޕާޓީގެ އާ ލީޑަރޝިޕަށް ރާއްޖޭގެ ޢިލްމުވެރިން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ދާދިފަހުން އަދާލަތު ޕާޓީން ވަނީ މި ސަރުކާރުގެ ކުރިއަށް އޮތް ދެ އަހަރާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދުގެ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިގެން ކުރިއަށްދާން ނިންމާފައެވެ. އެކަމާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
20 Nov 2026 ހަބަރު

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި
20 Nov 2026 ހަބަރު

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ
20 Nov 2026 ހަބަރު

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، ތަޙްލީލަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
20 Nov 2026 ހަބަރު

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.