ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ހުރިހާ ސަރަޙައްދަކަށް މި އަސަރު ކުރާނު ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.
އެ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ. މީގެ ސަބަބުން ވައިގެ ސާފުމިން ދަށްވެ، ދުރު ފެންނަ މިންވަރު ވެސް ވަނީ ކުޑަވެފައެވެ.
ދުންފުހުން ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކާ ގުޅިގެން، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިންނާއި ދޮށީ ޢުމުރުގެ މީހުން މި ދުވަސްވަރު އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް