އެމްޑަބްލިޔުއެސްސީގެ މުވައްޒަފަކަށް އިނާމު ދެނީ-
އެމްޑަބްލިޔުއެސްސީގެ މުވައްޒަފަކަށް އިނާމު ދެނީ-
ހަބަރު 20 Nov 2026 | 15:26

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

އެގޮތުން ރޭ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ؛  

1. މުޞްޠަފާ ޙަސަން

މުޞްޠަފާ ޙަސަން އަކީ ދިވެހި ދައުލަތަށާއި، މޯލްޑިވްސް ވޯޓަރ އެންޑްސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީއަށް ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާބޭފުޅެކެވެ. 16 އޮގަސްޓް 1995 ގައި ވޯޓަރ ޕްރޮޑަކްޝަން އޮފިސަރުގެ މަޤާމުންމި ކުންފުންޏާ ގުޅިވަޑައިގެންނެވި މުޞްޠަފާ މިހާރު ހުންނެވީ ސީނިއަރ ޕްރީފޯމްއޮޕަރޭޝަންސް އިންޖިނިއަރުގެ މަޤާމުގައެވެ. ކުންފުނީގެ ބޮޓަލް ފެން ޕްލާންޓްޤާއިމުކޮށް ހިންގުމުގައާއި، ޕްލާންޓް އަޕްގްރޭޑްކުރުމާއި، އާ މެޝިނަރީއިންސްޓޯލްކުރުމުގެ އިތުރުން ޕްރީފޯމް ލައިޓްވެއިޓިންގ ފަދަ މުހިންމު ފަންނީމަޝްރޫޢުތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 2006 އިން2008 އަށް މުވައްޒަފުންގެ ކްލަބުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، 1996، 1997 އަދި 2018 ވަނަ އަހަރު ކުންފުނީގެ ފާހަގަކޮށްލެވޭ އެވޯޑުތައް ވެސް ވަނީހާސިލުކުރައްވާފައެވެ. 

2. އާމިނަތު ރަޝީދާ

އާމިނަތު ރަޝީދާ އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދިއެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. 01 ޑިސެންބަރު 1995 ގައި ބިލިންގއެކައުންޓްސް އެސިސްޓަންޓްގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާގުޅިވަޑައިގެންނެވި އާމިނަތު ރަޝީދާ، މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހުމި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާއިރު، މިހާރު އަދާކުރައްވަމުން ގެންދަވަނީއެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވްގެ މަޤާމެވެ. ފައިނޭންސް ޑިވިޜަންގައިސަޕްލަޔަރުންގެ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި، މާލީ ރެކޯޑްތަކާއި ބިލްރެކޯޑްތައް ސައްހަކަމާއެކު ބެލެހެއްޓުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭމަސައްކަތްތަކެއް ކުރައްވާފައެވެ. އާމިނަތު ރަޝީދާގެ ފަރުވާތެރި މަސައްކަތްފާހަގަކޮށް ކުންފުނިން ވަނީ 2004 ވަނަ އަހަރު "މޯސްޓް ޑެޑިކޭޓެޑް އެމްޕްލޯއީ" އަދި2010 ވަނަ އަހަރު "މޯސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ" އެވޯޑް ދެއްވާފައެވެ.

3. މުޙައްމަދު ޢަލީ

އަލްފާޟިލް މުޙައްމަދު ޢަލީ އަކީ އެމް.ޑަބްލިޔު.އެސް.އޭ އަދިއެމް.ޑަބްލިޔު.އެސް.ސީގައި ޖުމްލަ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ހީވާގި މުވައްޒަފެކެވެ. 01 ޖަނަވަރީ 1996 ގައިރީ-ޑިސްކަނެކްޝަން ޓީމް ލީޑަރުގެ މަޤާމުން އެމް.ޑަބްލިޔު.އެސް.ސީއާގުޅިވަޑައިގެން، މެދުނުކެނޑި 30 އަހަރުގެ ޚިދުމަތް ފުރިހަމަކުރައްވާފައިވާމުޙައްމަދު ޢަލީ މިހާރު ހުންނެވީ ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރުގެމަޤާމުގައެވެ. ކަސްޓަމަރ ސާރވިސް ޚިދުމަތްތައް ހަރުދަނާކުރުމާއި، އަތޮޅުތެރޭގެއޮފީސްތައް ބެލެހެއްޓުމާއި، ކުންފުނީގެ ISO އަދި OHSAS ސްޓޭންޑަޑްތައްހާސިލުކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން 1998 ވަނަ އަހަރު މާލޭގެ ފެން ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގައާއި، 2014 ވަނައަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި މެދުނުކެނޑި ޚިދުމަތް ދިނުމުގައިނަމޫނާ ދެއްކެވި މުޙައްމަދު ޢަލީއަށް ވަނީ 2020 ވަނަ އަހަރު "ޑެޕިއުޓީމެނޭޖިންގ ޑައިރެކްޓަރސް" އެވޯޑް ލިބިވަޑައިގެންފައެވެ.

4. މުޙައްމަދު އިޔާޟް

އަލްފާޟިލް މުޙައްމަދު އިޔާޟް އަކީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 10 އޮގަސްޓް1987 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ޚިދުމަތް ފައްޓަވައި، 01 ޖަނަވަރީ 1996 ގައި އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެންނެވި މުޙައްމަދުއިޔާޟް ވަނީ މި ކުންފުނީގައި މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހުޚިދުމަތް ކުރައްވާފައެވެ. ޓެކްނިކަލް ސަޕޯޓާއި، ޓްރާންސްޕޯޓް އަދިމެނުފެކްޗަރިންގ ދާއިރާގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު މިހާރު އަދާކުރައްވަނީމީޓަރ ރިޕްލޭސްމަންޓް އޮފިސަރ މަޤާމެވެ. ކުންފުނީގެ ދަތުރުފަތުރާއިއޮޕަރޭޝަނަލް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އުޅަނދުފަހަރުގެ ސަލާމަތީމިންގަނޑުތައް ހިފެހެއްޓުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައިއަވަސް ޚިދުމަތް ފޯރުކޮށްދިނުމުގައި އޭނާ ދައްކަވާފައިވަނީ ޒިންމާދާރު،ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފުވެރިޤައުމީ އިނާމު ހާސިލުކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ މި 4 މުވައްޒަފުންކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއިއެންމެހައި މުވައްޒަފުންގެ ފަރާތުން ފަށްފަށުން މަރުޙަބާއާއި ޝުކުރުދަންނަވަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު
20 Nov 2026 ހަބަރު

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
20 Nov 2026 ހަބަރު

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ
20 Nov 2026 ހަބަރު

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، ތަޙްލީލަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
20 Nov 2026 ހަބަރު

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.