ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --
ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --
ހަބަރު 20 Nov 2026 | 03:26

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައި ފިއެވެ.

މި ބިލަކީ ނޮވެންބަރު 17 ވީ އަންގާރަ ދުވަހު އޮތް، މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ %30 އިން %25 އަށް ކުޑަކުރުމެވެ.

މި އިޞްލާޙުގައި ވާގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.

ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --
ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --

މީގެ އިތުރުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީޤުކުރައްވައިފަ އެވެ. މިއީ ނޮވެމްބަރު 17 ވީ އަންގާރަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުސޫލަށް ބަދަލުގެނެސްފަައިވެއެވެ. އެގޮތުން، އެފަދަ މައްސަލަތައް އިސްތިޢުނާފްކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ އާ އެއްވަރުގެ ޢަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި، މިއަަދަދު އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހޭ ޙާލަތްތައްވެސް މިއިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، އެފަދަ ޙާލަތެއްގައި، ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ ޢަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އޮތްނަމަ އެއާއިމެދު ޢަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --
ރައީސް ބިލެއް ތަސްދީޤު ކުރައްވަނީ --

އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވާފަ އެވެ. މި ބިލު ފާސްކުރައްވާފައިވަނީ، ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިންނެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ތެރޭގައި ހިމެނިގެން، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ޚިދުމަތަށް ނުވަތަ ބުކިންގ ޚިދުމަތަށް 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓުވުމަކަށް ގެނައުމާއި ޖީ.އެސް.ޓީ ދެއްކުމުން އެއްކިބާވުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު
20 Nov 2026 ހަބަރު

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
20 Nov 2026 ހަބަރު

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި
20 Nov 2026 ހަބަރު

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ
20 Nov 2026 ހަބަރު

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، ތަޙްލީލަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.