ދުމުގެ އަސަރު ކޮށްފައި-
ދުމުގެ އަސަރު ކޮށްފައި-
ހަބަރު 20 Nov 2026 | 16:52

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ފޭސް 3 ގެ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ، އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއިން ވަނީ އިރުޝާދުތަކެއް ނެރެފައެވެ.

އެގޮތުން، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ބޭރަށް ނުނިކުތުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުންނަން މަޖުބޫރުވާ ހާލަތްތަކުގައިވެސް، އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނޭހެން މާސްކު ފަދަ ތަކެތި ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ގޭތެރެއަށް ދުން ވަނުން ހުއްޓުވުމަށްޓަކައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ޚާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް މިފަދަ ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވެދާނެތީ، އެފަދަ ފަރާތްތަކުން މިކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ދުމުގެ އަސަރުގެ ސަބަބުން ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގުލެއް ނުވަތަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު
20 Nov 2026 ހަބަރު

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި
20 Nov 2026 ހަބަރު

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ
20 Nov 2026 ހަބަރު

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، ތަޙްލީލަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
20 Nov 2026 ހަބަރު

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.