ހުޅުމާލޭ ފޭސް 3 ގެ ކުނިގޮނޑުގައި ރޯވެފައި-
ހުޅުމާލޭ ފޭސް 3 ގެ ކުނިގޮނޑުގައި ރޯވެފައި-
ހަބަރު 20 Nov 2026 | 14:43

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ކުނި ގޮނޑުގައި ބަޔަކު ރޯކޮށްލީ ކަމެއް ނޫނީ ރޯވީ ކަމެއް އަދި ސާފެއް ނުވެއެވެ.

އަލިފާންގަނޑު ވަރަށް ބާރަށް ފެތުރެމުންދާއިރު، މުޅި ސަރަހައްދުގައި އޮތީ ދުމެވެ.

ފުލުހުން ބުނީ، ފަރުކޮޅުފުއްޓާ ދިމާ ބޭރުގަައި އެއްކޮށްފަައިހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުންވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު
20 Nov 2026 ހަބަރު

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
20 Nov 2026 ހަބަރު

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި
20 Nov 2026 ހަބަރު

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ
20 Nov 2026 ހަބަރު

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، ތަޙްލީލަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
20 Nov 2026 ހަބަރު

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.