ޖުމާން- ފޮޓޯ/ ޕޮލިސް
ޖުމާން- ފޮޓޯ/ ޕޮލިސް
ހަބަރު 20 Nov 2026 | 09:35

ޖުމާންގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހއ. ބާރަށު ޢަލީ ޖުމާން، ޑެތުގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، އެ ފޯނު ތަޙްލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ޑެތްޕުހު" ގެ ނަމުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ އެކައުންޓުން ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ޒާތުގެ ޕޯސްޓުތައް ކޮށްފައިވާ މައްސަލާގައި ޖުމާން ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގައެވެ.

އެ އެކައުންޓާ ޖުމާނާ ދެމެދު ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ހެކީގެ ތެރޭގައި ފުލުހުންގެ ދެ އިންޓެލިޖެންސް ރިޕޯޓަކާއި، އެ އެކައުންޓުގެ އެހެން ޕޯސްޓުތަކާ ގުޅޭ ރިޕޯޓާއި ފުލުހުންގެ ބަޔާން ހިމެނެއެވެ.

ނަމަވެސް ޖުމާން ފޯނުގެ ޕާސްވޯޑް ދީފައި ނުވާ ކަމަށާއި، ލޮކްކޯޑް ކްރެކް ކުރެވިފައި ނުވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ޖުމާން ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ އެކައުންޓުގެ އައިޑީއާ ގުޅޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ޕީޖީ އޮފީހާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބަންދު އަމުރުން އެނގެއެވެ.

މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކޯޓުން ޖުމާންގެ ބަންދަށް ކޯޓުންވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު
20 Nov 2026 ހަބަރު

ޢިމްރާން އަދާލަތުގެ ލީޑާޝިޕާ ހަވާލުވުމުން ގިނަ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ވަޑައިގެންނެވި: އެސްޖީ ޒިނާހު

ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
20 Nov 2026 ހަބަރު

ފޭސް ތިނެއްގައި ރޯވި އަލިފާނާ ގުޅިގެން ދުމުގެ އަސަރު ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި
20 Nov 2026 ހަބަރު

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ޤައުމީ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރިއިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ.

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
20 Nov 2026 ހަބަރު

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
20 Nov 2026 ހަބަރު

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ޓެކުހާއި ގުޅޭ ތިން ބިލެއް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
20 Nov 2026 ހަބަރު

ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް

ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.