ނޯވެ އާއި ޑެންމާކް ބައްދަލުކުރިމެޗްގެ ތެރެއިން
ނޯވެ އާއި ޑެންމާކް ބައްދަލުކުރިމެޗްގެ ތެރެއިން
ކުޅިވަރު 18 Nov 2026 | 08:16

ހާލަންޑުގެ ޕެނަލްޓީއާއެކު ފަހުވަގުތު، ޑެންމާކް ބަލިކޮށް ނޯވޭ ކުއާޓާ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ4 ގައި ރޭ ޑެންމާކާ ނޯވޭ ބައްދަލުކުރިމެޗް ނޯވޭ ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމް ކަށަވަރުކޮށްފިއެވެ.

ދެ ލަނޑުން ޖަހާ ކުރި ހޯދާފައިވަނިކޮށް ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ ޑެންމާކުގެ ވަރުގަދަ ކުޅުމެއް ދެއްކި ތަނެވެ. އެގޮތުން އެންމެ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި ޑެންމާކުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ފުރަތަމަ ލަނޑު ރަސްމަސް ހޮއިލަންޑް ކާމިޔާބުކޮށްދިންއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކެޕްޓަން ޕިއޭ އެމިލް ހޮއިބިއާގް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ބޮޑުބައި މި ނަތީޖާގައި އޮތުމުން، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދާނީ ޑެންމާކް ކަމަށް ބެލެވުނެވެ.

ނަމަވެސް، ނޯވޭއިން ވަނީ ހިތްވަރު ދޫނުކޮށް މެޗުގެ ތެރެއަށް އެނބުރިއައިސް މެޗުން މޮޅުވެފައެވެ. ނޯވޭ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ޑެންމާކުގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން އާލިން ހާލަންޑް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، އޮޑެގާޑް ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނޯވޭއަށް ނަސީބު އެހީތެރިވީ، ޑެންމާކުގެ ޔަކީމް އެންޑަސަންގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމާ ގުޅިގެންނެވެ. ވީއޭއާރުގެ އެހީގައި ރެފްރީ އެއީ ޕެނަލްޓީއެއް ކަމަށް ނިންމުމުން، ހާލަންޑް ވަނީ އެ ފުރުސަތުގެ ބޭނުން ހިފައި، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ނޯވޭއަށް މުހިންމު ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި ކާމިޔާބީއާއެކު ނޯވޭއިން ވަނީ ޑެންމާކް މުބާރާތުން ކަޓުވާލުމަށްފަހު، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި އެ ޓީމުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަންގޭރީމެޗް އެއްވަރުކޮށް އަޔަލޭންޑް ނޭޝަންސް ލީގް އޭއަށް
18 Nov 2026 ކުޅިވަރު

ހަންގޭރީމެޗް އެއްވަރުކޮށް އަޔަލޭންޑް ނޭޝަންސް ލީގް އޭއަށް

ލީގު ސީ އިން ޕްރޮމޯޓްވިތާ އެންމެ ދެ އަހަރު ތެރޭގައި ނޮދަން އަޔަލޭންޑުން މި ހޯދި ކާމިޔާބީއަކީ އެ ޓީމުގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ކުރިއެރުމެކެވެ. މިއާއެކު ދެން އޮންނަ ނޭޝަންސް ލީގުގައި އެ ޓީމު ވާދަކުރާނީ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި
17 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި

ޕޯޗުގަލްގެ ތާރީޚުދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފިއެވެ.

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި
17 Nov 2026 ކުޅިވަރު

ސްކޮޓްލޭންޑް ބަލިކޮށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި

ސެއިންޓް ގަލެންގައި ކުޅުނު މި މެޗް ސްވިޒަރލޭންޑުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސްވިޒަލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ.

ނެދަލޭންޑްސް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް
17 Nov 2026 ކުޅިވަރު

ނެދަލޭންޑްސް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް

ބާލިންގައި ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 5-0 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއީ އެޓީމުގެ އާ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ފުޓްބޯޅައަށް އަންނަމުންދާ އުންމީދީ ބަދަލުތައް ހާމަވެގެންދިޔަ މުހިންމު މޮޅެކެވެ.

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް
16 Nov 2026 ކުޅިވަރު

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް

މި ނަތީޖާއާއެކު ގްރޫޕް އޭ1 ގެ ދެވަނަ މަގާމު 12 ޕޮއިންޓާއެކު ބެލްޖިއަމުން ކަށަވަރުކުރިއިރު، ތުރުކީގެ މައްޗަށް ފްރާންސް ހޯދި މޮޅާއެކު އިޓަލީއަށް ވަނީ މުބާރާތުގެ ކުރިއަށްދާން އޮތް ހުރިހާ މަގުތަކެއް ބަންދުވެފައެވެ

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި
16 Nov 2026 ކުޅިވަރު

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި

މި ނަތީޖާއާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.