މެޗްގައި ފްރާންސް ކުޅުންތެރިން.. ފޮޓޯ؛ ބެއިން
މެޗްގައި ފްރާންސް ކުޅުންތެރިން.. ފޮޓޯ؛ ބެއިން
ކުޅިވަރު 16 Nov 2026 | 08:32

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި

ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގައި ރޭ ފްރާންސް އާއި ތުރުކިއޭ ބައްދަލުކުރިމެޗް ފްރާންސް ކާމިޔާބުކޮށް ގްރޫޕްގެ އެއވަނަ ހޯދައިފިއެވެ.

ފްރާންސްގައި ކުޅުނު މިމެޗް ތުރުކިއޭގެ މައްޗަށް އެޓީމް ކުރިހޯދީ 2-1 ގެ ނަތިޖާއިންނެވެ. މިއީ ފްރާންސްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެކެވެ.

ބޯޑޯގައި ކުޅުނު މި މެޗު ފެށުނީއްސުރެ ފްރާންސުން ދިޔައީ ތުރުކީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އެޑްރިއަން ރަބިއޮޓް އާއި ރަޔާން ޗެރްކީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ތުރުކީގެ ކީޕަރު ބާކޭ އޯޒާ ވަނީ އެ ހަމަލާތައް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗެގައި އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ހުރި ލިވަޕޫލްގެ ވިންގަރު ބްރެޑްލީ ބަކޯލާ އާއި ކީލިއަން އެމްބާޕޭ ފެނިގެން ދިޔައިރު، އެމްބާޕޭ ވަނީ ތުރުކިއޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މިމެޗްގައި ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. ފްރާންސުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައެވެ. މިއީ ޖެރެމީ ޖެކޭ ފޮނުވާލި ބޯޅައެއް ތުރުކީގެ އެމިރްހާން ޓޮޕްޗޫގެ ގައިގައި ޖެހިފައި ބައިކޮޅަށްވަތް ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ތުރުކީގެ އާދާ ގުލާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ފްރާންސަށް މެޗުގެ ހިތްހަމަޖެހުން ލިބުނީ 80 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޖޫނިއާ ކްރޫޕީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ނަތީޖާއާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް
16 Nov 2026 ކުޅިވަރު

ބެލްޖިއަމުން އިޓަލީ ކަޓުވާލައި ކުއާޓާ ފައިނަލަށް

މި ނަތީޖާއާއެކު ގްރޫޕް އޭ1 ގެ ދެވަނަ މަގާމު 12 ޕޮއިންޓާއެކު ބެލްޖިއަމުން ކަށަވަރުކުރިއިރު، ތުރުކީގެ މައްޗަށް ފްރާންސް ހޯދި މޮޅާއެކު އިޓަލީއަށް ވަނީ މުބާރާތުގެ ކުރިއަށްދާން އޮތް ހުރިހާ މަގުތަކެއް ބަންދުވެފައެވެ

އެންމެފަހުން އިނގިރޭސިން، ސްޕެއިން ހަމަބިމަށް ތިރިކޮށްފި
16 Nov 2026 ކުޅިވަރު

އެންމެފަހުން އިނގިރޭސިން، ސްޕެއިން ހަމަބިމަށް ތިރިކޮށްފި

މި މޮޅާއެކު ސްޕެއިން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑަށް ނިމުން އައިއިރު، އިންގްލެންޑުން ވަނީ ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް، ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި
15 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލް ޓީމުގެ 7 ނަންބަރު ޖާޒީގެ ސްޓައިލް ބަދަލުކޮށްފި

ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި، އެ ޤައުމުގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގައި ނަންބަރު ލިޔާ ސްޓައިލަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަދަލެއް ގެނެސްފިއެވެ.

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ދުނިޔެ

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ ކޮންމެ ގައުމެއްގެ އިސްތިގުލާލަށް ބޭރުގެ އެއްވެސް އުދުވާނެއް ނުވަތަ ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި، ގުޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ އިގުރާރުވެފައެވެ.

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި
14 Nov 2026 ކުޅިވަރު

ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި

މި މެޗުގެ ތަރިއަކަށްވި ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ތިޖާނީ ރެއިންޑާސްއެވެ. އަލް-ގާދިސިއާއަށް ކުޅެމުންދާ ކުރީގެ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރެއިންޑާސް އޭނާގެ ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި 33 ވަނަ މިނެޓާ ދެމެދުގައެވެ.

މެކްސް ޑޯމަން ރެކޯޑް މުގުރާލިއިރު، އިނގިރޭސިން ބަލިވެއްޖެ
13 Nov 2026 ކުޅިވަރު

މެކްސް ޑޯމަން ރެކޯޑް މުގުރާލިއިރު، އިނގިރޭސިން ބަލިވެއްޖެ

މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ބަޔާ ލެވަކޫސަންގެ ފޯވާޑް މޮރޭރާއެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޒުވާން ޓީމު ވިދިވިދިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.