ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި
ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމުގައި ވިދާޅުވި އެވެ.
ރަސްމާލޭން ހިއްކަން ނިންމާފައިވަނީ 1009 ހެކްޓަރުގެ ބިމެވެ. އެހެން ކަމުން ބާކީ ދެން އޮތީ 200 ހެކްޓަރުގެ ބިން ހިއްކުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަން ޚަރަދުވާނެ ކަމަށް މިހާރު ޔަގީންކުރެވެނީ 330 މިލިއަން ޑޮލަރު ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ. ރަސްމާލެ ހިއްކަން ފެށިއިރު އެ މަޝްރޫއުއަށް 500 އާއި 700މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ކުރީން ލަފާކުރެވުނު ނަމަވެސް އެ އަދަދު ބޮޑުތަނުން ކުޑަކުރެވުނީ ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ސަރުކާރުން ބުނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރަަސްމާލޭގެ 1009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކާ ނިންމުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް