ސްޓޭޓްފާމާއިން ގެނައި ދެ ޑްރޯން
ސްޓޭޓްފާމާއިން ގެނައި ދެ ޑްރޯން
ހަބަރު 17 Nov 2026 | 18:12

ރަށްރަށަށް ބޭސް ފޮނުވަން ބޭނުންކުރަން ގެނައި ދެ ޑްރޯން ސްޓޭޓްފާމާއާ ހަވާލުކޮށްފި

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވުމަށްޓަކައި ކުރަންޖެހޭ ޓެސްޓުތައް އަންނަ އަހަރު ފެށުމަށް އެކަމަށް ބޭނުންވާ ދެ ޑްރޯން ރާއްޖެ ގެނެސްފި އެވެ.

ސްޓޭޓް ފާމާ އިން މިއަދު ވަނީ ދެ ޑްރޯން ނޫސްވެރިންނަށް ދައްކާލާ ޑްރޯން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމާފައިވާ ސަބަބުތައް ސާފުކޮށް ދީފަ އެވެ. ސްޓޭޓް ފާމާގެ އެމްޑީ ޑރ. ޝާހް މާހިރު ވިދާޅުވީ މި ޑްރޯންތަކަކީ ބެޓެރި އޮޕަރޭޓެޑް އެއްޗެއް ކަމުން ބޭހާއި އިންޖެކްޝަން ފަދަ ތަކެެތި ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ޚަރަދުތައް ޑްރޯންއާއެކު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

"މިއީ ވަރަށް އޮޓޮމޭޓެޑް އެއްޗެހިތަކެއް. މިއީ ޖިއޯލޮކޭޝަންގައި އެ ބުނާ ތަނަކަށް ޖައްސައިދޭ ނުވަތަ ލޭންޑްކުރުމުގެ ޕްރަގްރާމް މިއަށް ދިނީމަ ވަރަށް ޕްރިޒިޝަން ރަނގަޅު އެއްޗެހިތަކެއް،" ޝާހް މާހިރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ، ސްވިޒަލޭންޑުގެ ރިޖިޓެކް ކުންފުންޔާ ގުޅިގެން 2023 ވަނަ އަހަރުވެސް ޑްރޯން ބޭނުންކޮށްގެން ބޭސް ރަށްރަށަށް ފޮނުވުމުގެ މަޝްރޫއުއެއް ލޯންޗްކޮށްފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ، ހުވަދު އަތޮޅަށް ބޭސް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް ތައާރަފުކޮށް، އޭގެ އިތުރު ޑްރޯންތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ގެންނާނެ ކަމަށް ބުނެފައެވެ.

ޝާހް ވިދާޅުވީ މިއަދު ޑްރޯންތައް ގެނެސްފައިވާއިރު ޑްރޯން ދަތުރުކުރާއިރު ދިމާވެދާނެ މައްސަލަތައް ދެނެގަންނާނެ ކަމަށެވެ. އަދި އެ ދަތުރުތައް ފެށުމުގެ ކުރީން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީއާ ކަމާގުޅޭ އިދާރާތަކާއެކު ވަރަށް ގިނަ ބައްދަލްވުންތައް ބޭއްވި މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި
17 Nov 2026 ހަބަރު

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި

އެ ކުންފުނިން މި މަސައްކަތް 720 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ
17 Nov 2026 ހަބަރު

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަން ވަނީ ވިދާޅުވެފަ އެވެ.

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި
17 Nov 2026 ހަބަރު

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި

މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ.

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
17 Nov 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން މަޤާމެއް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަލުން ހުޅުވާލައިފިއެވެ.

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
17 Nov 2026 ހަބަރު

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ވޮއިސް ޕޯޓަލް އިފްތިތާޙުކޮށްފި
17 Nov 2026 ހަބަރު

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ވޮއިސް ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ޕޯޓަލެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ
10 Nov 2026 ހަބަރު

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ

ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނިން މިހާރު ދަނީ، ޑްރޯން ބޭނުންކޮށްގެން، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ.