ސްޓޭޓް ފާމާގެ މައި ބޭސް ގުދަން.. ފޮޓޯ: ވޮއިސް
ސްޓޭޓް ފާމާގެ މައި ބޭސް ގުދަން.. ފޮޓޯ: ވޮއިސް
ހަބަރު 10 Nov 2026 | 20:12

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވުމަށްޓަކައި ކުރަންޖެހޭ ޓެސްޓުތައް އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމައިފިއެވެ.

ސްޓޭޓް ފާމާގެ މައި ބޭސް ގުދަނުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ، އެ ކުންފުނިން މިހާރު ދަނީ، ޑްރޯން ބޭނުންކޮށްގެން، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ.

އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އިނގޭތޯ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ ހަމަ، ބޭސް އެއްތަނުން އަނެއްތަނަށް އުފުލަން ޑްރޯންތައް ބޭނުންކުރަން. އަޅުގަނޑުމެން ބަލަމުން މިދަނީ ފުރަތަމަ ކުއާޓާގެ ތެރޭގަ އިރާދަކުރެއްވިޔާ ބޭސް އެއްތަނުން އަނެއްތަނަށް ފޯރުކޮށްދޭން.

ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ފުރަތަމަ ކުއާޓާގެ ތެރޭގައި މި ޕްރޮޖެކްޓުގެ ޓެސްޓުކުރުން ކުރިއަށްދާނެއެވެ. އެގޮތުން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، ނަތީޖާއަށް ބަލައި ރާއްޖޭގެ ބޮޑު ބަޔަކަށް ރޭވިގެން ޕްލޭނެއްގެ ދަށުން ޑްރޯންތައް ޑިވެލޮޕް ކުރެވިގެންދާނެއެވެ.

ސްޓޭޓް ފާމާގެ ކޮމާޝަލް އޮފިސަރު އިމާދު އިތުރަށް ވިދާޅުވީ، ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގެ ރަށްތަކުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މައުލޫމާތު އެއްކުރަމުން، ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، "ސިޓިޒިން ޕޯޓަލް" އެއް ގާއިމްކޮށް، ބޭސް ހުރީ ކިހާވަރަކައްތޯ، ކޮންތާކުތޯ ބެލޭނެ ޑިޖިޓަލް ނިޒާމެއްވެސް ތައާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ނޮވެމްބަރު މަހުގެ ނިޔަލަށް މި ޕޯޓަލް ލޯންޗް ކުރެވިގެންދާނެއެވެ.

ސަރުކާރުން ވަނީ، ސްވިޒަލޭންޑުގެ ރިޖިޓެކް ކުންފުންޔާ ގުޅިގެން 2023 ވަނަ އަހަރުވެސް ޑްރޯން ބޭނުންކޮށްގެން ބޭސް ރަށްރަށަށް ފޮނުވުމުގެ މަޝްރޫއުއެއް ލޯންޗްކޮށްފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ، ހުވަދު އަތޮޅަށް ބޭސް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް ތައާރަފުކޮށް، އޭގެ އިތުރު ޑްރޯންތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ގެންނާނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް
10 Nov 2026 ހަބަރު

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް

މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު
10 Nov 2026 ހަބަރު

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު

މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ
10 Nov 2026 ހަބަރު

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ

އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި
10 Nov 2026 ހަބަރު

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ތައާރަފުކުރި މި ކާޑާއެކު، މީގެކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުތައް ހުއްޓުމަކަށް އައިސް، މުޅިން އާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.