ހުޅުމާލޭގައި އޮތް ޕެރޭޑެއް
ހުޅުމާލޭގައި އޮތް ޕެރޭޑެއް
ހަބަރު 10 Nov 2026 | 23:27

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާއިރު، ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސްވެސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާފަ އެވެ. މިއާއެކު، ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 4 ދުވަހުގެ ބޮޑު ޗުއްޓީއެއް މިވަނީ ލިބިފައެވެ. މިއީ ގޭގައި ތިބުމުގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާއެކު ބޭރަށް ނުކުމެ، މި ދިގު ހަފްތާ ބަންދުގައި ހުޅުމާލޭގައި ރޭވިފައިވާ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ.

އެގޮތުން ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފަ އެވެ. މި ހަފްތާ ބަންދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑެވެ. މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ. ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހަވީރު މި ޕެރޭޑް ފަށާނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުންނެވެ. ކެޑޭޓުންގެ ހުނަރާއި ގައުމީ ލޯބި ރަމްޒުކޮށްދޭ މި ހިތްގައިމު ޕެރޭޑް ބައްލަވާލެއްވުމަށް އާއިލާއާއެކު ނުކުތުމަކީ ކުޑަކުދިންނަށްވެސް ލިބިގެންދާނެ ވަރަށް އުފާވެރި އަދި ޝައުގުވެރި ތަޖުރިބާއެކެވެ.

މި ޗުއްޓީ ދުވަސްވަރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެ އެންމެ ކުލަގަދަ އެއް ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ ކާނިވަލެވެ. ތަފާތު ހަރަކާތްތައް ހިމެނޭހެން މި ކާނިވަލް ކުރިއަށްދާނީ ނޮވެމްބަރު 11 އިން 13 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ސެންޓްރަލް ޕާކުގައެވެ. މި ކާނިވަލްގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗާއި ފުޑް ސްޓޯލްތަކުގެ އިތުރުން ލައިވް މުނިފޫހިފިލުވުމަށް ލައިވް މިއުޒިކްވެސް ފެނިގެންދާނެއެވެ. އަދި އެއާއެކު، ބީއެމްއެލްގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތުތައްވެސް މި ކާނިވަލްއިން ލިބޭނެއެވެ.

މި ހަރަކާތްތަކާއެކު، ކުރިއަށް މިއޮތް ހަތަރު ދުވަހުގެ ދިގު ޗުއްޓީއަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ. މި ހަފްތާ ބަންދަކީ ފޫހި ނުވާނެހާ ގިނަ ހަރަކާތްތައް ހުޅުމާލޭގައި ރާވާފައިވާ ހަތަރު ދުވަހެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއެކު ވަގުތު ހޭދަކޮށް، ކެޑޭޓުންގެ ހިތްގައިމު ޕެރޭޑް ބައްލަވައި، އުފާވެރިކަމުގައި ބައިވެރިވުމަށް ހުޅުމާލޭގެ އެންމެހައި ރައްޔިތުންނަށާއި މާލެ ސަރަހައްދުގެ އެންމެހައި ފަރާތްތަކަށް އެޗްޑީސީން ލޯތްބާއެކު ވަނީ ދައުވަތު ދީފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު
10 Nov 2026 ހަބަރު

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު

މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ
10 Nov 2026 ހަބަރު

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ

އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި
10 Nov 2026 ހަބަރު

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ތައާރަފުކުރި މި ކާޑާއެކު، މީގެކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުތައް ހުއްޓުމަކަށް އައިސް، މުޅިން އާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ
10 Nov 2026 ހަބަރު

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ

ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނިން މިހާރު ދަނީ، ޑްރޯން ބޭނުންކޮށްގެން، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ.

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.