މ. ކުލުނުވެހީގައި ހިލޭ ތެލެސީމިއާ ޓެސްޓު ކުރުން؛ ފޮޓޯ / ވޮއިސް
މ. ކުލުނުވެހީގައި ހިލޭ ތެލެސީމިއާ ޓެސްޓު ކުރުން؛ ފޮޓޯ / ވޮއިސް
ހަބަރު 10 Nov 2026 | 21:04

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

ޕްރިންޓް ކާޑުގެ ބަދަލުގައި ރާއްޖޭގައި ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑެއް ތައާރަފުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނީ ތައާރަފުކުރި ޑިޖިޓަލް މި ކާޑާއެކު، މީގެކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުތައް ހުއްޓުމަކަށް އައިސް، މުޅިން އާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނޭ ކަމަށެވެ.

އާ ޑިޖިޓަލް ކާޑުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ 7 ބާވަތެއް ސިފަ ހިމެނޭނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ކާޑުގައި ހާއްސަ ކިޔުއާރް ކޯޑެއް ހިމެނިފައިވުމުން، ކާޑުގެ ސައްހަކަން ވަގުތުން ވެރިފައިކޮށް ކަށަވަރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ކިޔުއާރް ކޯޑު މެދުވެރިކޮށް ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މިވަގުތު މި ޑިޖިޓަލް ކާޑު ފޯރުކޮށްދެމުންދާނީ ވަޓްސްއެޕް އަދި އީމެއިލްގެ ޒަރީއްޔާއިންނެވެ.

ހަމައެއާއެކު، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ސްކްރީނިންގ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ޑީއެންއޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ހިދުމަތް ދޭން ފަށާފައެވެ. ބައިނަލްއަޤުވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ޑީއެންއޭ ތަހުލީލުކުރުމުގެ މި ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެމުންދަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް
10 Nov 2026 ހަބަރު

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް

މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު
10 Nov 2026 ހަބަރު

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު

މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ
10 Nov 2026 ހަބަރު

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ

އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ
10 Nov 2026 ހަބަރު

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ

ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނިން މިހާރު ދަނީ، ޑްރޯން ބޭނުންކޮށްގެން، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ.

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.