ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް
ހަބަރު 10 Nov 2026 | 20:35

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރައި ކަނޑުގަދަވުމާއެކު ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކޮށްފައެވެ. މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ މޫސުން ގޯސްނަމަ އެއްގަމު ދަތުރުފަތުރުކުރާ ފަރާތްތަކުންވެސް އުޅަނދު ދުއްވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވާރޭވެހޭއިރު ދުވެލިމަޑުކޮށް ދެ އުޅަނދު ދޭތެރޭ އެކަށީގެންވާ ދުރުމިނެއް ބަހައްޓައި ފެންބޮޑުވެފައިވާ މަގުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ދުއްވުމަށް އިރުޝާދުދީފައެވެ.

މީގެ އިތުރުން، ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ފެންގަނޑުގައި ހުރެ ކަރަންޓު ސްވިޗްތަކާއި ވަޔަރުތަކުގައި އަތްނުލުމަށާއި، ވައިގަދަނަމަ ބެލްކަނީގައި ވަޔާ ދާގޮތަށް އެއްޗެހި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.


މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
10 Nov 2026 ހަބަރު

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޓީއޯއާރްގައި ބަޔާންކޮށްފައިވާ ގޮތުން، ހައުސިންގ މިނިސްޓްރީއިން ހޯދަނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގުތިސާދީ ވަރުގަދަކަމާއި، އިޖުތިމާއީ ޝާމިލުވުން ކަށަވަރުކޮށްދޭ، އަދި މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭ މާސްޓަރ ޕްލޭނެކެވެ. މީގެ އިތުރުން، މާސްޓަރ ޕްލޭންގައި ރަށުގެ ހާލަތާ ގުޅޭގޮތުން، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް އެކުލެވޭ ތަރައްގީގެ ފްރޭމްވޯކެއް ކޮންސަލްޓެންސީގެ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭންޖެހޭނެއެވެ.

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި
10 Nov 2026 ހަބަރު

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި

އެފްޑީސީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް، ޢިމާރާތްތަކުގެ ގަވާއިދާ ޚިލާފުވި 92 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ހުއްދަނެތި ކުއްޔަށް ދިނުމުގެ 18 މައްސަލައެއް ހިމެނޭއިރު، ޖޫރިމަނާކުރި 7 ފަރާތުގެ އިތުރުން 2 ފަރާތަކަށް ވަނީ އިންޒާރު ދީފައެވެ. އަދި ބާކީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
10 Nov 2026 ހަބަރު

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.