-
-
ހަބަރު 10 Nov 2026 | 14:52

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އައިއޭސީން ބުނީ، މިއަހަރުގެ ފިނިމޫސުމުގެ ކެމްޕޭންގެ ދަށުން ފަލަސްޠީނުގެ ޣައްޒާ، ވެސްޓްބޭންކް، އަދި މިސްރުގައި ތިބި ޣައްޒާގެ ރެފިއުޖީންނަށްވެސް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެއިތުރުން ބަންގްލަދޭޝް އަދި މިޔަންމާގައި ތިބި ރޮހިންގިޔާ ދަރިކޮޅުގެ މީހުންނަށާއި، ސޫދާނުގެ ރައްޔިތުންނާއި މިސްރުގައި ތިބި އެ ޤައުމުގެ ރެފިއުޖީންނަށް ވެސް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސީރިޔާ، ޔަމަން، ބަންގްލަދޭޝް، އަދި ސްރީލަންކާގެ ނިކަމެތި އާއިލާތަކަށް ވެސް މި ކެމްޕޭނުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ.

ފިނިމޫސުމުގެ ގަދަ ފިނީގެ ސަބަބުން ކޮންމެ އަހަރަކު ވެސް ހާލުގައި ޖެހިފައިވާ އެތައް މިލިއަން އާއިލާއަކަށް ސިއްޙީ ގޮތުންނާއި ދިރިއުޅުމުގެ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހެއެވެ. ޚާއްޞަކޮށް ގެދޮރު ގެއްލި ޓެންޓުތަކުގައާއި ހިޔާވަހިކަމެއް ނެތި އުޅެމުންދާ ކުޑަކުދިންނާއި ދޮށީއުމުރުގެ މީހުންނަށް މި ދުވަސްވަރު ދިރިއުޅުން އިންތިހާއަށް ދަތިވެއެވެ.

އައިއޭސީން ބުނި ގޮތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭ މި އެހީތައް ވެގެންދާނީ ފިނިމޫސުމުގެ ހިތްދަތި ހާލަތުން އެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށެވެ.

މި ކެމްޕޭނުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ތަކެތީގެ ތެރޭގައި:

ހޫނު ކާނާ (ހޮޓްމީލް)

ކާބޯތަކެތީގެ ޕެކޭޖް

ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ ޓެންޓް

ބްލޭންކެޓް

ފިނި ހެދުން

ގެދޮރު މަރާމާތުކޮށްދިނުން

އެހެންކަމުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފުރުސަތުގެ ބޭނުން ހިފުމަށް އައިއޭސީން އެދެއެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރާނެ އެކައުންޓް ނަންބަރުތައް:

ބީއެމްއެލް (BML): 7770000062740

އެމްއައިބީ (MIB): 90101555002111000(އެކައުންޓް ނަން: International Aid Campaign)

އައިއޭސީގެ ފިނިމޫސުމަށް ހާއްސަ މި ޕްރޮޖެކްޓް “ސަވައިވިންގ ވިންޓާ” ކުރިއަށް ގެންދާތާ މިހާރު 9 އަހަރު ވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި އެ ޖަމިއްޔާއިން ވަނީ ދިވެހިންގެ އެހީ އެކި ގައުމުތަކުގައި އުޅޭ މުސްލިމުންނަށް ފޯރުކޮށްދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
10 Nov 2026 ހަބަރު

މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުނެރެފިއެވެ.