ރަސްމާލޭގެ ގޮތުގައި ތަރައްޤީކުރަމުންދާ ސަރަހައްދު
ރަސްމާލޭގެ ގޮތުގައި ތަރައްޤީކުރަމުންދާ ސަރަހައްދު
ހަބަރު 10 Nov 2026 | 18:45

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޝްރޫއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރް) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޓީއޯއާރްގައި ބަޔާންކޮށްފައިވާ ގޮތުން، ހައުސިންގ މިނިސްޓްރީއިން ހޯދަނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގުތިސާދީ ވަރުގަދަކަމާއި، އިޖުތިމާއީ ޝާމިލުވުން ކަށަވަރުކޮށްދޭ، އަދި މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭ މާސްޓަރ ޕްލޭނެކެވެ. މީގެ އިތުރުން، މާސްޓަރ ޕްލޭންގައި ރަށުގެ ހާލަތާ ގުޅޭގޮތުން، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް އެކުލެވޭ ތަރައްގީގެ ފްރޭމްވޯކެއް ކޮންސަލްޓެންސީގެ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭންޖެހޭނެއެވެ.

މީގެއިތުރުން، މޫސުމީ ނާޒުކުކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހާއްސަ ހާލަތްތަކަށް މި ޕްލޭނުގައި ރިއާޔަތްކުރަންވާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް (ކްލައިމެޓް އެޑަޕްޓޭޝަން) ބޭނުންވާ ކަންކަން ހިމަނަންވާނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ހިންގާ އެޖެންސީއެއްގެ ގޮތުގައި މަސައްކަތްކުރާނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓެވެ. މަޝްރޫއު ހިންގާ އެޖެންސީގެ ހައިސިއްޔަތުން، މަޝްރޫއުގެ މުޅި މުއްދަތުގައި އެންމެހައި ކަމާގުޅޭ ފަރާތްތަކާއި ނަފާލިބޭ ފަރާތްތަކާއެކު ގުޅުންހުރި ކަންކަން ކޯޑިނޭޓްކުރުމުގެ މަސްއޫލިއްޔަތު ކުރިއަށްގެންދާނީ މިނިސްޓްރީންނެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގެ ބޯހިޔާވެހިކަމުގެ މައްސަލައަށ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،009 ހެކްޓަރުގެ ބިން ހިއްކައި، އެތަނުގައި ރަސްމާލެ ރާއްޖޭގެ ފުރަތަމަ "އިކޯ-ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އިގުތިސާދީ ގޮތުންވެސް ރާއްޖެއަށް އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި
10 Nov 2026 ހަބަރު

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި

އެފްޑީސީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް، ޢިމާރާތްތަކުގެ ގަވާއިދާ ޚިލާފުވި 92 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ހުއްދަނެތި ކުއްޔަށް ދިނުމުގެ 18 މައްސަލައެއް ހިމެނޭއިރު، ޖޫރިމަނާކުރި 7 ފަރާތުގެ އިތުރުން 2 ފަރާތަކަށް ވަނީ އިންޒާރު ދީފައެވެ. އަދި ބާކީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
10 Nov 2026 ހަބަރު

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ