އެފްޑިސީގެ ޓަވަރުތަކެއް.
އެފްޑިސީގެ ޓަވަރުތަކެއް.
ހަބަރު 10 Nov 2026 | 17:35

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި

ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކާ ގުޅޭ އުސޫލުތަކާ ޚިލާފަށް، ހުއްދަނެތި އެހެން މީހުންނަށް ތަންތަން ކުއްޔަށް ދޫކުރި ހަތް ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް، ޢިމާރާތްތަކުގެ ގަވާއިދާ ޚިލާފުވި 92 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ހުއްދަނެތި ކުއްޔަށް ދިނުމުގެ 18 މައްސަލައެއް ހިމެނޭއިރު، ޖޫރިމަނާކުރި 7 ފަރާތުގެ އިތުރުން 2 ފަރާތަކަށް ވަނީ އިންޒާރު ދީފައެވެ. އަދި ބާކީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

އެ ކޯޕަރޭޝަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހުއްދަ ހޯދުމަކާ ނުލައި ފްލެޓްތަކަށް އެކި ކަހަލަ ބަދަލުތައް ގެނައުމުގެ މައްސަލަތަކެވެ. އެގޮތުން ފާހަގަވި 44 މައްސަލައިގެ ތެރެއިން 14 ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، 29 މައްސަލައެއް އަދިވެސް ދަނީ ބަލަމުންނެވެ. މީގެ އިތުރުން، އާންމު ސަރަޙައްދުތަކަށް ގެއްލުން ދިނުމާއި، ކުނި އެޅުމުގެ ގަވާއިދުތަކާ ޚިލާފުވުމުގެ އިތުރުން، ކޯޕަރޭޝަނުގެ އެންގުންތަކަށް ބޯނުލެނބި ބައެއް ފަރާތްތަކަށްވެސް ވަނީ ފިޔަވަޅު އަޅައި އިންޒާރު ދީފައެވެ.

ފްލެޓްތަކުގެ ކުލި ދެއްކުމުގެ ހާލަތަށް ބަލާއިރު، މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް 3،432 ޔުނިޓަކުން ގަވާއިދުން ފައިސާ ދައްކަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ. މިއީ ކުރީގެ އަދަދުތަކާ އަޅާބަލާއިރު 12.2 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއާއެކު، ކުލި ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު މިހާރު ވަނީ 495 އަށް ތިރިކުރެވިފައެވެ.

އެފްޑީސީން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު މަޤްޞަދަކީ އެތަނުގައި ދިރިއުޅޭ ހުރިހާ ޢާއިލާތަކަކަށްވެސް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އެހެންކަމުން، ޢިމާރާތްތަކުގެ ރައްކާތެރިކަމަށާއި މުޖުތަމަޢުގެ ލާބައަށްޓަކައި ހެދިފައިވާ އެންމެހައި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
10 Nov 2026 ހަބަރު

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޓީއޯއާރްގައި ބަޔާންކޮށްފައިވާ ގޮތުން، ހައުސިންގ މިނިސްޓްރީއިން ހޯދަނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގުތިސާދީ ވަރުގަދަކަމާއި، އިޖުތިމާއީ ޝާމިލުވުން ކަށަވަރުކޮށްދޭ، އަދި މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭ މާސްޓަރ ޕްލޭނެކެވެ. މީގެ އިތުރުން، މާސްޓަރ ޕްލޭންގައި ރަށުގެ ހާލަތާ ގުޅޭގޮތުން، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް އެކުލެވޭ ތަރައްގީގެ ފްރޭމްވޯކެއް ކޮންސަލްޓެންސީގެ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭންޖެހޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
10 Nov 2026 ހަބަރު

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ