ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަނީ.. ފޮޓޯ: މަޖިލިސް
ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަނީ.. ފޮޓޯ: މަޖިލިސް
ހަބަރު 10 Nov 2026 | 23:06

ރިސޯޓްތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ޑޮލަރު ހޯދަން އޮޑިޓެއް ހަދަންޖެހޭ: ގަވަރުނަރު

ރާއްޖޭގެ ރިސޯޓުތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އޮޑިޓެއް ހަދަންޖެހޭ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ނަމަ މިހާރު ތަޙައްމަލު ކުރަންޖެހިފައިވާ ބޭރު ފައިސާގެ ދަތިކަން މިހާ ބޮޑުވެގެން ނުދާނެ ކަމަށެވެ. އަދި މިހާރު އޮތް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރު ނުވަތަ 65 އިންސައްތަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

އޭގެ މާނައަކީ ކޮބައިތޯ؟ ފައިދާއެއް ނުވަނީތޯ ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބައުޅޭ. އެހެންވީމާ އެ ބޭފުޅުންގެ ހިސާބުތައް އޮޑިޓުކުރަން އެބަ ޖެހޭ ނޫންތޯ؟ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން މީރާއިން ދާންވީކީ. ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަ ޖެހޭ،

ގަވަރުނަރު މުނައްވަރު

ގަވަރުނަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުމަށްޓަކައި މޮނިޓަރިން ހަރުދަނާކުރަން ޖެހޭ ކަމަށާއި، މިހާރު ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި ޚާއްޞަ (ޑެސިގްނޭޓެޑް) އެކައުންޓުތަކެއް ހުޅުވުމަށް އަންގާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެކަންކަން އިތުރަށް ހަރުކަށިކޮށް ބަލަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ފްލޯޓް ކުރުމާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެއް ބިލިއަން ޑޮލަރަށް ނާރަނީސް ޑޮލަރުގެ ރޭޓް ފްލޯޓް ކުރުމަކީ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ނިންމުމެއް މިވަގުތު ނިންމުމަށް ލަފާނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން މިހާރު ޑޮލަރުން ދައްކަންޖެހޭ ބައެއް ޓެކްސްތައް ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތް ހެދުމަށް ސަރުކާރާއެކު މަޝްވަރާކޮށް، އެމްއެމްއޭގެ ރޯޑްމެޕްގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ގަވަރުނަރު މުނައްވަރު މަޖިލީހުގެ ކޮމިޓީގައި ފާހަގަކުރެއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް
10 Nov 2026 ހަބަރު

ދިގު ހަފްތާ ބަންދަށް އެޗްޑީސީން ލޯތްބާއެކު ދައުވަތެއް؛ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް، ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް

މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ
10 Nov 2026 ހަބަރު

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ

އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި
10 Nov 2026 ހަބަރު

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ތައާރަފުކުރި މި ކާޑާއެކު، މީގެކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުތައް ހުއްޓުމަކަށް އައިސް، މުޅިން އާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ
10 Nov 2026 ހަބަރު

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓް ކުރަނީ

ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނިން މިހާރު ދަނީ، ޑްރޯން ބޭނުންކޮށްގެން، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ.

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.