އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް --
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް --
ހަބަރު 10 Nov 2026 | 21:10

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލަ، ހަތަރު މީހަކަށް ދައުވާ

ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 10 ނޮވެންބަރުގައި ނިންމައިފި އެވެ.

މި މައްސަލައިގައި ދަޢުވާކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ އިޢުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިޢުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފަ އެވެ.

އޭސީސީން މި މައްސަލައިގައި ދަޢުވާ ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ފަރާތްތަކަކީ:

•   މުޙައްމަދު ޞާއިން އަޙްމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)

•  ޢަޡީމް ލަޠީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)

•   ޢަބްދުﷲ ވަޙީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ (ބިޑު ކޮމިޓީގެ މެންބަރު)

•  ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)

މި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ. މީގެއިތުރުން، އެ ޤާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާވެސް އެ ފަރާތްތަކުގެ މައްޗަށް ކޮށްދެއްވުމަށް އެދި ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

އަދި މައްސަލައަކީ، ޤާނޫނުލްއުޤޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ކުށުގެ ދަޢުވާ ކޮށްދެއްވުމަށް އެދި ފޮނުވުމަށް ނިންމާފައިވާ މައްސަލައަކަށް ވާތީ، ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށް ނިންމާފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ
10 Nov 2026 ހަބަރު

ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ވަގުތީގޮތުން ބަންދުކުރަނީ

އެޗްޑީސީން ބުނީ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް، ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި
10 Nov 2026 ހަބަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ ހަ މަޝްރޫޢެއް ޙަވާލުކޮށްފި

ސްޓެލްކޯއާ މި މަސައްކަތްތައް ޙަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
10 Nov 2026 ހަބަރު

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
10 Nov 2026 ހަބަރު

ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޓީއޯއާރްގައި ބަޔާންކޮށްފައިވާ ގޮތުން، ހައުސިންގ މިނިސްޓްރީއިން ހޯދަނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގުތިސާދީ ވަރުގަދަކަމާއި، އިޖުތިމާއީ ޝާމިލުވުން ކަށަވަރުކޮށްދޭ، އަދި މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދޭ މާސްޓަރ ޕްލޭނެކެވެ. މީގެ އިތުރުން، މާސްޓަރ ޕްލޭންގައި ރަށުގެ ހާލަތާ ގުޅޭގޮތުން، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް އެކުލެވޭ ތަރައްގީގެ ފްރޭމްވޯކެއް ކޮންސަލްޓެންސީގެ ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭންޖެހޭނެއެވެ.

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި
10 Nov 2026 ހަބަރު

ޤަވާޢިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރި 7 ފަރާތަކަށް އެފްޑީސީން ފިޔަވަޅު އަޅައިފި

އެފްޑީސީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް، ޢިމާރާތްތަކުގެ ގަވާއިދާ ޚިލާފުވި 92 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ހުއްދަނެތި ކުއްޔަށް ދިނުމުގެ 18 މައްސަލައެއް ހިމެނޭއިރު، ޖޫރިމަނާކުރި 7 ފަރާތުގެ އިތުރުން 2 ފަރާތަކަށް ވަނީ އިންޒާރު ދީފައެވެ. އަދި ބާކީ މައްސަލަތައް ތަޙުޤީޤު ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
10 Nov 2026 ހަބަރު

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.