ހަނދު ރުނބާ ޗެލެންޖު 2026 ގެ ޗެންޕިއަން ޓީމުން ޝީލްޑް އުފުލާލަނީ- ފޮޓޯ/ ޤަލަމް ސްޕޯޓްސް އެކަޑަމީ
ހަނދު ރުނބާ ޗެލެންޖު 2026 ގެ ޗެންޕިއަން ޓީމުން ޝީލްޑް އުފުލާލަނީ- ފޮޓޯ/ ޤަލަމް ސްޕޯޓްސް އެކަޑަމީ
ކުޅިވަރު 17 Nov 2026 | 21:10

އެލީޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލީޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

ރޭ ދަނގެތީގައި ކުރިއަށްދިޔަ ފޯރިގަދަ މި ފައިނަލް މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެމްޕަޔާރސް އެފްސީ އިންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޔޫސުފް އިޒް އިރުޝާދެވެ.

އެއަށްފަހު ދެވަނަ ހާފުގައި ލޫކް އިސްމާއީލް އަބްދުއްސަމަދު ކާމިޔާބުކުރި ދެ ލަނޑާއެކު އެމްޕަޔަރސް އެފްސީން މެޗު ކާމިޔާބުކޮށް ތަށި ކަށަވަރުކުރިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ލޫކް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަނދު ރުނބާ ޗެލެންޖުގެ އައްޑަނައާއި، ރަން މެޑަލްގެ އިތުރުން 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި ރަނަރަޕް އެލީޓް އެފްސީއަށް ރިހި މެޑަލް އަދި 1،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ދަ ޓޯނަމެންޓްގެ މަގާމު ހޯދީ އެމްޕަޔަރސް އެފްސީގެ ލޫކް އިސްމާއީލް އަބްދުއްސަމަދެވެ.

މީގެއިތުރުން، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް އެލީޓް އެފްސީގެ ޔުމާން މުހައްމަދު ހޮވުނުއިރު، ފެއަރޕްލޭ ޓީމަކަށް ހޮވުނީ ޔަންގް ސްޓްރައިކަރސް އެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އެމްޕަޔަރސް އެފްސީގެ ކޯޗު އަލީ އާދަމް އަށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

ލޫކް އިސްމާއީލް އަބްދުއްސަމަދު (އެމްޕަޔަރސް އެފްސީ)

ލުޔޫން ބިން އަބްދުﷲ (އެލީޓް އެފްސީ)

މުހައްމަދު ޒައިކް ޒިލާލް (ކޮމިމޯސް އެފްސީ)

ހުސައިން އިބާން އިމާދު (ބްލެކް އީގަލް)

މުހައްމަދު މާޒް ބިން އަބްދުލް މަޖީދު (އެލީޓް އެފްސީ)

ޤަލަމް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ އދ. ދަނގެތީ ސްކޫލުގެ އުމުރުން 8 އަހަރާއި 14 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޖުމްލަ 6 ޓީމަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މިމަހު 11 އިން 16 އަށް ކުރިއަށް ދިޔަ މި މުބާރާތަކީ ޤަލަމް ސްޕޯޓްސް އެކެޑަމީގެ ފަރާތުން ބޭއްވި ފުރަތަމަ ފުޓްސަލް ޗެލެންޖެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުމާއި، ޓީމުވޯކް ވަރުގަދަކޮށް، ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި
17 Nov 2026 ކުޅިވަރު

ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި

ޕޯޗުގަލްގެ ތާރީޚުދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފިއެވެ.

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
11 Nov 2026 ކުޅިވަރު

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި

އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
11 Nov 2026 ކުޅިވަރު

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް

މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
09 Nov 2026 ކުޅިވަރު

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު

މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ.

އދ.ދަނގެތީގައި އެފްއެސްއެމްގެ ޝެޑެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި
07 Nov 2026 ހަބަރު

އދ.ދަނގެތީގައި އެފްއެސްއެމްގެ ޝެޑެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި

ދަނގެތީގެ މަސްވެރިންގެ އިތުރުން އެ ސަރަޙައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވެސް މި ސްޓޭޝަނުން ހެޔޮ އަގުގައި ފަސޭހަކަމާ އެކު ތެޔޮ ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްއެސްއެމުން ފާހަގަކުރެއެވެ.

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި
05 Nov 2026 ކުޅިވަރު

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.