ޕިޔުޝް ގޯޔާލް.. ފޮޓޯ: ނިއުސް އޮންއެއާ
ޕިޔުޝް ގޯޔާލް.. ފޮޓޯ: ނިއުސް އޮންއެއާ
ދުނިޔެ 17 Nov 2026 | 18:54

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

ވައިގެ ދަތުރުފަތުރަށް އިންޑިއާގައި އޮންނަ ޑިމާންޑް ބޮޑުވެ، އިތުރު އެއް ހާސް މަތިންދާބޯޓަށް އޯޑަރުކުރަން އެގައުމު ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ވިޔަފާރިއާއި ސިނާޢަތްތަކާ ބެހޭ ވަޒީރު ޕިޔުޝް ގޯޔާލް ވިދާޅުވެއްޖެއެވެ.

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ. އަދި މިހާރުވެސް 1000 މަތިންދާބޯޓަށް އޯޑަރު ދިނުމަށް އިންޑިއާގެ އެއަރލައިންތައް ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މިހާ ބޮޑު ޑިމާންޑެއް އޮތުމުން މަތިންދާބޯޓު ޝެޑިއުލާއި އެއްގޮތަށް ފޯރުކޮށްދޭކަން ކަށަވަރުކުރުމަށް، މަތިންދާބޯޓު އުފައްދާ އެންމެ ބޮޑެތި އަދި އިތުބާރުކުރެވޭ ކުންފުނިތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށް ވަޒީރު ގޯޔާލް ވިދާޅުވިއެވެ.

އެއަރ އިންޑިއާ އާއި އިންޑިގޯ އިން މިހާރުވެސް އެއަރބަސް ކުންފުންޏާއި ބޯއިން ކުންފުންޏަށް ގިނަ އަދަދެއްގެ އޯޑަރު ވަނީ ދީފައެވެ. އެއަރބަސް ކުންފުނީގެ ދެ އެސެމްބްލީ ލައިނެއް އިންޑިއާގައި ހިންގިނަމަވެސް، އެއީ ހެލިކޮޕްޓަރާއި އަސްކަރީ ކާގޯ މަތިންދާބޯޓުތަކުގެ ފިނިޝަން މަސައްކަތްކުރާ 2 އެސެމްބްލީ ލައިނެވެ. އަދި ބްރެޒިލްގެ އެމްބްރެއަރ އިން ގެންދަނީ އިންޑިއާގެ އަދާނީ ގްރޫޕާއެކު އިންޑިއާގައި މަތިންދާބޯޓު އެސެމްބްލީ ލައިނެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

އިންޑިއާއަކީ މިހާރު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އޭވިއޭޝަން އެއް މާކެޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.