މޯދީ ފިލިޕީންސްއަށް ވަޑައިގަތުން.. ފޮޓޯ: މޯދީ އެކްސް
މޯދީ ފިލިޕީންސްއަށް ވަޑައިގަތުން.. ފޮޓޯ: މޯދީ އެކްސް
ދުނިޔެ 16 Nov 2026 | 22:39

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އިރުމަތީ އޭޝިއާ ޤައުމުތަކުގެ ޖަމްއިއްޔާ، އާސިއާން އާއި އިންޑިއާ އާ ދެމެދު ބާއްވާ މަޝްވަރާ ބައްދަލުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ފިލިޕީންސްގެ ވެރިރަށް މެނީލާއަށް ވަޑައިގަންނަވާނެއެވެ.

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އާސިއާން-އިންޑިއާ ސަމިޓްގައި އާސިއާންގެ ގައުމުތަކާއިއެކު އިންޑިއާއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މެރިޓައިމް ސެކިއުރިޓީއާއި ވިޔަފާރީގެ ދާއިރާއިން ގުޅިގެން އިތުރު މަސައްކަތްތައް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. އިންޑިއާގެ ސަމާލުކަން އިންޑޯޕެސިފިކް އަށް ހުއްޓިފައިވާއިރު، އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު އެގައުމުން ގުޅުން އިތުރަށް ކުރިއަށް އޮތްތަނުގައިވެސް ބަދަހިކުރަމުންދާނެކަމަށް މުހައްލިލުން އަންދާޒާކުރެއެވެ.

މޯދީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ބްރެޒިލްގެ ރައީސް ލުއީޒް އިނާޝިއޯ ލޫލާ ޑިސިލްވާ އާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ ވެސް މިފަހަރުގެ އާސިއާން ސަމިޓަށް ވަޑައިގަންނަވާނެއެވެ. އަދި ސަމިޓުގެ ހަވާސާގައި އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ ސަލާމަތީ އިއްތިޙާދު 'ކުއަޑް'ގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެއެވެ.

އިންޑިއާއަކީ އާސިއާންގެ ސްޓްރެޓީޖިކް ޕާޓްނަރގެ ދަރަޖަ ދީފައިވާ ޤައުމެކެވެ. އާސިއާންގެ މެމްބަރު ޤައުމުތަކަކީ އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ބަރުމާ، ބްރޫނާއީ، ވިއެޓްނާމް، ލާއޯސް، ކެމްބޯޑިއާ އަދި އީސްޓް ޓީމޯރ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި
06 Nov 2026 ދުނިޔެ

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި

ސްކޫލެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި އުމުރުން އެންމެ 8 އަހަރުގެ ފިރިހެން ކުއްޖަކު ބަންދު ކުރުމަށްފަހު، ޚާއްޞަ ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕަންޗްކުލާގެ ޖުވެނައިލް ޖަސްޓިސް ބޯޑު (ޖޭޖޭބީ) އިން އަމުރުކޮށްފިއެވެ.

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ
06 Nov 2026 ދުނިޔެ

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ