ވަޒީރުންގެ މަޖިލީހުގެ ބައްދަލްވުން
ވަޒީރުންގެ މަޖިލީހުގެ ބައްދަލްވުން
ހަބަރު 16 Nov 2026 | 18:10

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ

ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެއަށް ޢަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

މި އުސޫލު ކަނޑައަޅުއްވާފައިވަނީ މިހިނގާ ނޮވެންބަރުމަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

މި އުސޫލުގެ މަޤްޞަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް އުފައްދަވާ "ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމާއި، ހިންގުމުގައި ޢަމަލުކުރައްވާނެ ގޮތް ކަނޑައެޅުއްވުން ކަމަށް ސަރުކާރުން ބުނެ އެވެ.

މިގޮތުން ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި
16 Nov 2026 ހަބަރު

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި

އެެއްބަސްވުމުގައިވާ ހުރިހާ ކަމެއް ދެ ޕާޓީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު
16 Nov 2026 ހަބަރު

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު

އެ ޕާޓީން ބުނީ ‏ސަރުކާރާއި ޢަދާލަތު ޕާޓީއާ ދެމެދު މިފަދަ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ.

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން
16 Nov 2026 ހަބަރު

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން

ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތައްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު އޮންނަ އުސޫލުގެ މަތިން ޕާސްޕޯޓް ނައްތާލެވޭނޭކަމަށެވެ

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ
16 Nov 2026 ހަބަރު

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަނީ

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން
16 Nov 2026 ހަބަރު

ރައީސްގެ ދަތުރުފުޅާއެކު ރާއްޖެއާ ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ދަނީ ބަދަހިވަމުން

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު
16 Nov 2026 ހަބަރު

ރޭގައި މަޖިލީހަށް ގެންދިޔައީ ކުޅޭ ސާމާނު އަޅާފައި ހުރި ދަބަހެއް: ވަޒީރު މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭގެ ވަގުތެއްގައި ގެންދެވި ދަބަހަކީ ފުޓުބޯޅަ ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، މަޖިލީހަށް ވަދެވަޑައިގެންނެވީ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.