ދިއްލީގެ އިތުރުން އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، މުޅި ސަރަހައްދު ބޯ ދުމުގެ ފަށަލައަކުން ފޮރުވިފަ
ފޮޓޯ: ވީނިޔުސް
ދިއްލީގެ އިތުރުން އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، މުޅި ސަރަހައްދު ބޯ ދުމުގެ ފަށަލައަކުން ފޮރުވިފަ ފޮޓޯ: ވީނިޔުސް
ދުނިޔެ 05 Nov 2026 | 19:53

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

ނުރައްކާތެރި މިންވަރަކަށް އިންޑިއާގެ ވެރިކަންކުރާ ސިޓީ، ނިއުދިއްލީގެ ވައި ނުސާފްވެއްޖެއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާއިން ވަނީ ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް (AQI) އެވްރެޖްކޮށް 370 ގައި ހުރިކަން ފާހަގަކޮށް، މިއީ އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ މިންވަރެއްކަން ފާހަގަކޮށްފައެވެ.

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ.

އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަހައްދުތަކަކީ ޖަހަންގީރްޕޫރީ، އައިއައިޓީ ދިއްލީ އަދި ޕަންޖާބީ ބާގް އެވެ. މީގެ އިތުރުން ޑީޓީޔޫ، ވިވެކް ވިހާރު، ނަރޭލާ، އަލީޕޫރު އަދި ރޯހިނީ ފަދަ ސަރަހައްދުތަކުގައި ވައިގެ ނުސާފުމިން ހުރީ 432 އާއި 437 އާ ދެމެދުގައެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިއްލީގެ މަދުވެގެން 10 ސަރަހައްދެއްގައި AQI ވަނީ 400 އަށް މައްޗަށްގޮސްފައެވެ.

އިންޑިއާގެ ވެރިރަށް ދިއްލީ ... ފޮޓޯ: އިންޑިއަން އެކްސްޕްރެސް
އިންޑިއާގެ ވެރިރަށް ދިއްލީ ... ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ފިނިމޫސުމާއެކު އަނެއްކާވެސް ވައިގެ މައްސަލަ ބޮޑުވުން

ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ނިއުދިއްލީގެ ވައި އެންމެ ސާފުވި މަހަކަށް މިއަހަރުގެ އޮކްޓޫބަރު މަސް ރެކޯޑުކުރެވުނު ނަމަވެސް، އެ ސިޓީގެ ވައިގެ ފެންވަރު މިހާރު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު 60 ގައި ހުރި އެއާ ކޮލިޓީ އިންޑެކްސް (AQI) ބުދަ ދުވަހާ ހަމައަށް އައިއިރު ވަނީ 377 އަށް އުފުލިފައެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ ބަދަލެއް އަންނަން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ފިނިހޫނުމިން ދަށްވުމާއި، ވައިގެ ދައުރުވުން މަޑުޖެހުމުގެ އިތުރުން، އަވަށްޓެރި ޕަންޖާބާއި ހަރިޔާނާ ސްޓޭޓްގެ ދަނޑުވެރިން ގޮވާން ކެނޑުމަށްފަހު ބާކީ ހުންނަ ބައިތައް އަންދަން ފެށުމެވެ. ދާދިފަހުން ވެހުނު ވާރެއާއި ވައިގަދަވުމުގެ ސަބަބުން ވަގުތީ ގޮތުން ވައި ސާފުވި ނަމަވެސް، މޫސުން އަލުން އާދައިގެ ހާލަތަކަށް އެޅުމާއެކު ދަނޑުތަކުގެ ދުންތައް ވަނީ އަނެއްކާވެސް މުޅި ދިއްލީގެ ޖައްވަށް ފެތުރިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ފިނިމޫސުމާ ދިމާކޮށް މި ހާލަތު ކުރިމަތިވަނީ، އެއްގަމު އުޅަނދުފަހަރުގެ ދުމާއި، ކާރުޚާނާތަކުން ބޭރުކުރާ ވިހަ ގޭހާއި، އިމާރާތްކުރުމުގެ ސަބަބުން އުފެދޭ ހިރަފުހުގެ އިތުރުން، ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކުގައި ކުނި އެންދުން އެއްފަހަރާ އިތުރުވެގެން ދިއުމުންނެވެ.

ދިވާލީއާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު

އެއާ ކޮލިޓީ އާލީ ވާނިންގ ސިސްޓަމުން އަންދާޒާކުރާ ގޮތުގައި، ދިވާލީ ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާ ބަޑިބޭހާއި ގޮވާތަކެތީގެ ސަބަބުން، ނޮވެމްބަރު 6 އަދި 7 ގައި ވައިގެ ނުސާފުމިން 'ނުރައްކާތެރި' ދަރަޖައަކަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ.

އިންޑިއާގައި ކުލަގަދަކޮށް ފާހަގަކުރާ ދިވާލީގައި ބޮކިތަކާއި ބައްތިތަކުގެ އިތުރުން ގިނަ އަދަދަކަށް ގޮވާތަކެތި ބޭނުންކުރެއެވެ. މި ތަކެތިން ބޭރުވާ ވިހަ ގޭހާއި ދުމުގެ ސަބަބުން ވައި ތަޣައްޔަރުވާ މިންވަރު އިންތިހާއަށް މަތިވެއެވެ. އެހެންކަމުން، މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ދިއްލީއާއި އެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ތިމާވެއްޓާ ރައްޓެހި 'ގްރީން ފަޔާކްރެކާސް' ބޭނުންކުރުމަށް ހުއްދަ ދީފައެވެ.

ވައި ނުސާފުވުމުގެ މި ކާރިސާއަކީ ހަމައެކަނި ދިއްލީއަށް އޮތް ގޮންޖެހުމެއް ނޫނެވެ. އިންޑިއާގެ އިގްތިސާދީ މައި މަރުކަޒު ކަމަށްވާ މުމްބާއީއަކީ އައްސޭރިފަށުގެ ސިޓީއަކަށް ވެފައި ވައި ސާފުވުމުގެ ފުރުސަތު ބޮޑު ތަނަކަށް ވީނަމަވެސް، ވޭތުވެދިޔަ މަހު އެ ސިޓީގެ ވައިވެސް ވަނީ އާދަޔާ ޚިލާފަށް ނުސާފުވެފައެވެ. އެގޮތުން އޮކްޓޫބަރު 24 ގައި މުމްބާއީގެ AQI ވަނީ 'ވަރަށް ދަށް' މިންވަރެއް ކަމަށްވާ 322 އަށް އަރާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި
06 Nov 2026 ދުނިޔެ

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި

ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތިކަމެއް ކަމަށް ބުނެ، އެކަން ކުރުމަށް ދެކޮޅުހެދި އިޓަލީގެ ޝެފަކު އޮސްޓްރޭލިއާގެ ބްރިސްބަންގެ ރެސްޓޯރެންޓަކުން ވަޒީފާއިން ވަކިކޮށްފިއެވެ.

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
06 Nov 2026 ދުނިޔެ

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ
06 Nov 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.