މައްކާ ދިފާޢި އެއްބަސްވުމުގައި ސޮއި ކުރުން-
މައްކާ ދިފާޢި އެއްބަސްވުމުގައި ސޮއި ކުރުން-
ދުނިޔެ 06 Nov 2026 | 02:26

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

ސަޢޫދީ ޢަރަބިއްޔާ އާއި ޕާކިސްތާނާއެކު ވެފައިވާ ތާރީޚީ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ޕާލިމަންޓުން ބުރާސްފަތި ދުވަހު ރަސްމީކޮށް ފާސްކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

މި އެއްބަސްވުމުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާއި ސަޢޫދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މައްކާގައެވެ.

ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމަށްފަހު ނެގުނު ވޯޓުގައި، މި އެއްބަސްވުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 398 މެންބަރުންގެ ތެރެއިން 279 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އެއްބަސްވުމާ ދެކޮޅަށް 119 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ އެންމެ މުހިންމު ބަޔަކީ އެއް ޤައުމަށް ދެވޭ ޙަމަލާއަކީ ހުރިހާ ޤައުމަކަށް ދެވޭ ޙަމަލާއެއްގެ ގޮތުގައި ބެލެވޭ މާއްދާއެވެ. މިއީ ނޭޓޯ އެލަޔަންސްގެ 5 ވަނަ މާއްދާއާ އެއްފަދަ މާއްދާއެކެވެ.

އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، މެންބަރު ޤައުމުތަކުގެ ސަރަޙައްދީ ރައްކާތެރިކަމަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް "އެޅެންހުރި ހުރިހާ ފިޔަވަޅެއް" އަޅަންވާނެއެވެ. އަދި 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މެންބަރު ޤައުމަކަށް އަސްކަރީ ޙަމަލާއެއް އަތުވެއްޖެނަމަ، އަނެއް ޤައުމުތަކުން ވަގުތުން ފުރިހަމަ އަސްކަރީ އެހީތެރިކަން ދޭންޖެހޭނެ ކަމަށެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ދިފާޢީ އުފެއްދުންތެރިކަން އިތުރުކުރުމާއި، ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގުމާއި، ޓެކްނޮލޮޖީ އަދި ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުން ހިމެނެއެވެ. މި އެއްބަސްވުން 10 އަހަރުގެ މުއްދަތަކަށް ދެމިއޮންނައިރު، މެންބަރު ޤައުމުތަކުގެ ރުހުމާއެކު އިތުރު ޤައުމުތަކަށް ބައިވެރިވުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. މިގޮތުން ސޫރިޔާއިން މިހާރުވެސް ވަނީ މި އެއްބަސްވުމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ތުރުކީވިލާތުން މި އެއްބަސްވުން ފާސްކޮށްފައި މިވަނީ، ޔަމަނުގެ ޙޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ދޭ ޙަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގައެވެ.

މި އެއްބަސްވުން ފާސްވި ނަމަވެސް، ތުރުކީގެ ސިފައިން ވަގުތުން ސަޢޫދީއަށް ފޮނުވާނެ ކަމަށް ނުބެލެވެއެވެ. ތުރުކީގެ ދިފާޢީ ވަޒީރު ޔާޝާރް ގުލާ ވިދާޅުވެފައިވަނީ، ތުރުކީގެ އަމާޒަކީ ޙޫޘީންނާ ސީދާ ހަނގުރާމައަކަށް ދިއުން ނޫން ކަމަށާއި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ނުރައްކާތަކުން ދިފާޢުވުމުގެ ބާރު ގަދަކުރުން ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާއިން އިއްޔެވެސް ވަނީ މަދީނާގެ ސަރަޙައްދުން ޙޫޘީންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ހާމަކޮށްފައެވެ. ޙޫޘީން މުޤައްދަސް ދެ ޙަރަމްފުޅަށް އަމާޒުކޮށް ޙަމަލާދޭ ކަމަށް ސަޢޫދީން ތުހުމަތުކުރި ނަމަވެސް، އެ ޖަމާޢަތުން އެކަން ދޮގުކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި
06 Nov 2026 ދުނިޔެ

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި

ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތިކަމެއް ކަމަށް ބުނެ، އެކަން ކުރުމަށް ދެކޮޅުހެދި އިޓަލީގެ ޝެފަކު އޮސްޓްރޭލިއާގެ ބްރިސްބަންގެ ރެސްޓޯރެންޓަކުން ވަޒީފާއިން ވަކިކޮށްފިއެވެ.

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
06 Nov 2026 ދުނިޔެ

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ
06 Nov 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ
05 Nov 2026 ދުނިޔެ

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ
04 Nov 2026 ހަބަރު

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ

ޕާކިސްތާނުގެ ވަރލްޑް އީކޯ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަފީރު ލޯދީ ވިދާޅުވީ، މިއީ 11 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކަމަށްވުމުން، މިއީ ވަރަށް މުހިންމު އަދި ތާރީޚީ ދަތުރުފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.