ޓްރަންޕް-
ޓްރަންޕް-
ދުނިޔެ 06 Nov 2026 | 02:08

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އީރާނު ހަނގުރާމައާ މެދު ގޮތެއް ނިންމާނީ އެމެރިިކާއިން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެ ގައުމުގެ ބާކީ އޮތް ބައި ހަލާކުކޮށްލާކަށް، އެއީ އެކަން ނުކޮށް ވާން އޮތް ނަމަ. އެކަމަކު ފަހަރުގައި އަހަންނަށް އެކަން ކުރަން ޖެހިދާނެ،" ޓްރަމްޕް ބުންޏެވެ.

އަދި އެކަމާ މެދު އަޅާނެ ފިޔަވަޅެއް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރަމްޕް އިތުރަށް ބުނީ، ދެން ގޮތެއް ނިންމާނީ އެމެރިކާއިން ކަމަށާ، އަމާޒަކީ ދުވަހަކުވެސް ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރުން ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ގައުމު އަލުން ބިނާކުރަން އީރާނަށް 25 އަހަރު ނަގާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

މީގެއިތުރުން، ގަތަރު މެދުވެރިކޮށް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ހުށަހެޅުމެއް އެމެރިކާއަށް ފޮނުވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ޓްރަމްޕް ބުނީ، އެމެރިކާގެ ރުހުމެއް ނެތި އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ވޮޝިންޓަނުން އެ ހުށަހެޅުން ދިރާސާކުރަމުންދާއިރު، އީރާނުން އިންތިޒާރު ކުރަމުންދަނީ އެ ގައުމުން ހުށަހަޅާފައިވާ ހަތް ޝަރުތު ފުރިހަމަވުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި
06 Nov 2026 ދުނިޔެ

ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި

ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތިކަމެއް ކަމަށް ބުނެ، އެކަން ކުރުމަށް ދެކޮޅުހެދި އިޓަލީގެ ޝެފަކު އޮސްޓްރޭލިއާގެ ބްރިސްބަންގެ ރެސްޓޯރެންޓަކުން ވަޒީފާއިން ވަކިކޮށްފިއެވެ.

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި
06 Nov 2026 ދުނިޔެ

މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޙޫޘީ ހަނގުރާމަވެރިން، މަދީނާ ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ
05 Nov 2026 ދުނިޔެ

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
05 Nov 2026 ދުނިޔެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް

އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.