ގޭޝްމް އައިލެންޑްސްއަށް އެމެރިކާއިން ހަމަލާދިނުން؛ ފޮޓޯ / ޖޯޑަން ނިއުސް
ގޭޝްމް އައިލެންޑްސްއަށް އެމެރިކާއިން ހަމަލާދިނުން؛ ފޮޓޯ / ޖޯޑަން ނިއުސް
ދުނިޔެ 03 Nov 2026 | 08:02

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގައި މިހާރު ހިނގަމުންދާ މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ އޮފިޝަލުން ސިފަކުރި ގޮތުގައި މި ހަމަލާތަކަކީ "ލިމިޓެޑް" ހަމަލާތަކެކެވެ. އަދި މި ހަމަލާތައް ދީފައިވަނީ، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާގެ އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، އޭގެ ރައްދުގައި ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ، އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނީ ރިޕަބްލިކަން ނުވަތަ ޑިމޮކްރެޓުންނަށްތޯ ކަނޑައަޅާ މިޑްޓާމް އިންތިހާބު ބޭއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. ފެބުރުއަރީ މަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނަށް ދޭން ފެށި ހަމަލާތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ދަށްވެ، ހަނގުރާމަ ނިންމާލުމަށް އޭނާގެ ޕާޓީގެ އެތެރެއިންވެސް ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ނަމަވެސް، ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިރާނުގެ އިގްތިސާދު ބަލިކަށިކޮށްލެވިފައިވާ ކަމަށާއި، އެމީހުންގެ އަތުގައި ފައިސާއާއި ޕެޓްރޯލް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިކަމެއް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި "ޕިކްއެކްސް" ސައިޓަށް ހަމަލާދޭން ޖެހިދާނެ ކަމަށާއި، އެއީ އެއްގަޑިއިރު ތެރޭގައި ކުރެވިދާނެ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިހާބަށްފަހު އެމެރިކާއިން އިރާނަށް ބޮޑެތި ހަމަލާތަކެއް ދޭން ފަށާފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ. އަދި، އިރާނުގެ ހާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް ހަނގުރާމަ ނިންމާލުމުގެ މަޝްވަރާތައް ވަރަށް ވަރުގަދައަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން، އިރާން އޮތީ ހާރިޖީ އަދި އަސްކަރީ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ކަމަށާއި، މަޝްވަރާގެ މަގުތޯ ނުވަތަ އަސްކަރީ ނުރައްކާތެރި މަގު ހިޔާރުކުރުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...