ޤައުމީ އުފެއްދުްނތެރިކަމުގެ މައުރަޒުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ޤައުމީ އުފެއްދުްނތެރިކަމުގެ މައުރަޒުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ހަބަރު 03 Nov 2026 | 05:47

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދިޔަ މި މައުރަޒު ރަސްމީކޮށް ނިންމާލާފައިވަނީ ރޭ 12 ޖަހާއިރުއެވެ. ކުރިން އެގާރަ ޖަހާއިރު ނިންމާލަން ތާވަލްކޮށްފައި އޮތްނަމަވެސް މައުރަޒަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި ތިބުމުން ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ވަނީ ވަގުތު ދަންމާލާފައެވެ. މިފަހަރުގެ މައުރަޒު ހުޅުވާފައިވަނީ އޮކްޓޯބަރުމަހުގެ 25 ވީ އާދިއްތަ ދުވަހުގެ ރެއެވެ.

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ.

މައުރަޒު
މައުރަޒު

މިފަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްދިޔައިރު، މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ފެންނަނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާގެ 920 އުފެއްދުމެވެ. މީގެއިތުރުން ކާބޯތަކެތި، ފެޝަން، އައިސީޓީ، އަދަބިއްޔާތު، މަސްވެރިކަން އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް ފެނިގެންދިޔައެވެ.

މިފަހަރުގެ މައުރަޒުގެ ފުރަތަމަ ތިން ރޭ އެކަނިވެސް ދެ ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކުރިކަމަށް ބީސީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިފަހަރުގެ މައުރަޒަކީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ މައުރަޒަށް ވަޑައިގެން މައުރަޒުގެ ބައިވެރިންނާއެކު އެންމެގިނައިރު ވަގުތު ހޭދަކުރެއްވި ފަހަރުވެސް މެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިފަހަރުގެ މައުރަޒަށް ވަޑައިގެން މައުރަޒުގެ ބައިވެރިންގެ އުފެއްދުންތައް ބައްލަވާލައްވައި. ބައިވެރިންނަށް ތަކެތި އުފެއްދުމުގަޔާއި، މާކެޓްކުރުމުގައި ހުރި އުނދަގޫތައް އައްސަވައި ބޭނުންވާ ބައެއް މައުލޫމާތުތައް ހޯއްދަވާފައެވެ.

ރައީސް މައުރަޒުގެ ބައިވެރިއަކާ ބައްދަލުކުރައްވަނީ...
ރައީސް މައުރަޒުގެ ބައިވެރިއަކާ ބައްދަލުކުރައްވަނީ...

މިފަހަރުގެ މައުރަޒުގައި ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ޗައިނާ ފަދަ ޤައުމުތަކުގެ ސްޓޭޓް ކުންފުނިތަކުން މި މައުރަޒުގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ މައުރަޒުވެސް ކުރިއަށްދިޔައީ ކާބޯތަކެތީގެ ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމަނއިގެންނެވެ. ކާބޯތަކެތީގެ ސްޓޯލްތަކަސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، އެތަންތަނުގެ ވިޔަފާރިވެސް މިފަހަރު ވަރަށް ރަނގަޅުކަމަށް ސްޓޯލްތައް ހިންގި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ
03 Nov 2026 ހަބަރު

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ

މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް
03 Nov 2026 ހަބަރު

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް

ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި
03 Nov 2026 ހަބަރު

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި

"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު" އެކުލެވިގެންވާ ގޮތާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.