ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ނަޞްރުގެ ދުވަސް ފެށީ ބޮޑު ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް