ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހ. ރަބީޢީމަންޒިލް، ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަަށެވެ.
ޝާހިދު ހައްޔަރުކުރީ މިރޭ 21:59 ހާއިރު ކަމަށް ވެސް ބުންޏެވެ.
ޝާހިދު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށް ދިނީ ޝާހިދު ހައްޔަރުކުރިކަން ސޯޝަލް މީޑިއާގައި ބަޔަކު އާންމުކުރިތާ އެތައް އިރެއްގެ ފަހުންނެވެ.
އެ ވާހަކަތައް ފެތުރުނު ފަހުން ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމުގައި ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް