މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
ވިލިމާލެ މެއިން ޑިސްޓްރިބިއުޝަން ލައިން މަރާމާތްކުރުމަށްޓަކައި ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން އިއުލާންކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ފެނުގެ ހިދުމަތް ވިލިމާލެއިން މިރޭ ކެނޑިގެންދާނީ 1 ގަޑިއިރާއި 30 މިނެޓަށެވެ.
އެގޮތުން، މިރޭ 21:00 ޖަހާއިރު ފެނުގެ ހިދުމަތް މެދުކެނޑުމަށްފަހު 22:30 ގައި އެ ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް