ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
އަޔަރލޭންޑްގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ރަޔަންއެއާގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ 6 އިންސައްތަ ދަށަށް ގޮސްފިއެވެ.
ކުންފުނިން އާންމުކުރި މާލީރިޕޯޓްތަކަށް ބަލާއިރު ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.
ރަޔަންއެއާގެ އެންމެ ފަހުގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމުނު ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ޓެކްސަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން އެމެރިކާ ޑޮލަރު އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.92 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށްވުމެކެވެ.
އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތެޔޮ ގަންނަންޖެހޭ އަގުތައް ހަނގުރާމައިގެ ސަބަބުން އިންތިހާއަށް އުފުލިގެން ގޮސްފައިވާ ކަމަށެވެ. މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ނުކުރައްކާތެރި ހަނގުރާމައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، މަތިންދާބޯޓުތަކަށް ބޭނުންކުރާ ތެލުގެ އަގު 2027 ވަނަ އަހަރާ ހަމައަށްވެސް މަތީގައި ހުންނާނެކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުނެއެވެ.
ކުންފުނީގެ ޗީފް އެކްޒެކެޓިވް މައިކަލް އޯލިއަރީ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މާލީ އަހަރު އެއާލައިނުގެ ތެލުގެ ހަރަދު 2.2 ބިލިއަން ޑޮލަރު އިން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މީގެ އިތުރުން މުޅި އަހަރަށް ލިބޭނެ ފައިދާގެ ސަރީހަ އަންދާޒާއެއް މިވަގުތު ދިނުމަކީ ދަތިކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޯލިއަރީ އިތުރަށް ވިދާޅުވީ، ކުންފުނީގެ ކުރިއަށް ހުރި މާލީ ނަތީޖާތައް ބިނާވެގެންވަނީ، މެދުއިރުމައްޗާއި ޔޫކްރޭންގައި ހިނގަމުންދާ ނުކުރައްކާތެރި ހަނގުރާމަތައް އިތުރަށް ފުޅާވެގެންދާ މިންވަރެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މަސްރަހަށް އަންނަ ބަދަލުތަކަށް ކުންފުނިން ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް