ބަންގްލަދޭޝްގައި ކުރިއަށްގެންދާ ހަޅުތާލުތަކުގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ބަންގްލަދޭޝްގައި ކުރިއަށްގެންދާ ހަޅުތާލުތަކުގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 02 Nov 2026 | 13:33

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ ގާމެންޓް ފެކްޓަރީތަކުގެ އެތައް ހާސް މަސައްކަތްތެރިންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ޑާކާގެ މިރްޕޫރުގެ އިތުރުން ސަވަރު، އަޝުލިއާ، އަދި ޣާޒީޕޫރު ފަދަ މުހިންމު ސިނާއީ ސަރަހައްދުތަކުގައި މި މުޒާހަރާތައް ކުރިއަށްދާތާ މިއަދަށް ތިން ދުވަސް ވެފައިވާއިރު، އެ ސަރަހައްދުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ސަލާމަތީ ބާރުތަކުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 500 އަށްވުރެ ގިނަ ކާރުޚާނާ ވަގުތީ ގޮތުން ބަންދުކުރަން މަޖުބޫރުވެފައިވާއިރު، މަގުތަކަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ސްޓަން ގްރެނޭޑް (އަޑުގަދަ ބޮން) ވެސް ބޭނުންކޮށްފައެވެ.

އަހަރަކު 38 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައިދޭ މި ސިނާއަތަކީ ބަންގްލަދޭޝްގެ އެކްސްޕޯޓާއި ވަޒީފާގެ ބާޒާރުގެ އެންމެ މުހިންމު ބިންގާ ކަމުގައި ވީނަމަވެސް، މަސައްކަތްތެރިން ބުނަމުންދަނީ މިހާރު ލިބޭ އުޖޫރައިން އަސާސީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުނުޖެއްސޭ ކަމަށެވެ. މިހާރު މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކު ލިބެމުންދަނީ 12,500 ޓަކާ، ގާތްގަނޑަކަށް 101 އެމެރިކާ ޑޮލަރެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެ އަދަދު ދެގުނައަށްވުރެ ބޮޑުކޮށް، މަހަކު މަދުވެގެން 30,000 ޓަކާ ގާތްގަނޑަކަށް 242 އެމެރިކާ ޑޮލަރަށް ބޮޑުކޮށްދިނުމަށެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން އިސްނަގައިގެން މިހާރު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި މުވައްޒަފުންގެ މިނިމަމް ވޭޖް އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޚާއްޞަ އައު ބޯޑެއްވެސް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.

މި ކަމާ ގުޅޭގޮތުން ބަންގްލަދޭޝް އަންނައުނު އަދި ކާރުޚާނާތަކުގެ މަސައްކަތްތެރިންގެ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ބާބުލް އަޚްތަރު ވިދާޅުވީ، ފެކްޓަރީތަކުގެ ވެރިން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންނަށް ހައްޤުވާ އެކަށީގެންވާ އުޖޫރަ ނުދީ ވޭތޯ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާކެޓުގައި މުދާ ގަންނަ ފަރާތްތަކާ ވާހަކަދައްކައިގެން އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަކީ ފެކްޓަރީތަކުގެ ވެރިންގެ ޒިންމާއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މުވައްޒަފުންގެ މި ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ބަންގްލަދޭޝްގެ އަންނައުނު އުފެއްދުމާއި އެކްސްޕޯޓްކުރާ އެސޯސިއޭޝަން (ބީޖީއެމްއީއޭ) ގެ ރައީސް މަޙްމޫދު ޙަސަން ޚާން ވިދާޅުވީ، ސަރުކާރުން މައްސަލަ ދިރާސާކުރާނެ ބޯޑެއް އެކުލަވާލާފައިވާތީ، މުވައްޒަފުން އެކަމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި މަސައްކަތް މެދުކަނޑާލައި މިފަދަ ގޮތަކަށް މުޒާހަރާތައް ކުރިއަށްގެންދާނަމަ، "މަސައްކަތް ނުކުރާނަމަ އުޖޫރައެއް ނުދެވޭނެ" މި އުސޫލު އިޚްތިޔާރުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
30 Oct 2026 ދުނިޔެ

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް
11 Oct 2026 ދުނިޔެ

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބަނ...