އާރުޑީސީ، އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ރައްޔިތުންގެވެސް ހިއްސާ އޮންނަ ކުންފުނި، އެމްޓީސީސީން ނެރުނު އާންމު ބަޔާނެއްގައި ބުނެފައިވަނީ، އާރުޑީސީ އެކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އެގޮތުން މީގެ ފަހުން އާރުޑީސީން ކުރަމުންގެންދިޔަ އަދި ކުރަމުންގެންދާ މަސައްކަތްތައް ކުރަމުންގެންދާނީ އެމްޓީސީސީން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ބަޔާނުގައި ވަނީ އާރުޑީސީން މިހާތަނަށް ކުރަމުންގެންދިޔަ މަސައްކަތްތަކުގެ އެންމެހާ ޒިންމާވެސް އުފުލާނީ އެކުންފުނިންކަން ފާހަގަކޮށްފައެވެ. އެމްޓީސީސީން އާރުޑީސީއާ ހަވާލުވުމުގެ މަސައްކަތް ނިމިފައިވާއިރު، މީގެ ކުރިންވެސް އާރުޑީސީން ކުރަމުންގެންދިޔަ މަސައްކަތްތައް ނުނިމުމުން ނުވަތަ މަސައްކަތްތަކުގެ ފެންވަރު ދަށްވެގެން އެކަންކަން ކޮސްފައިވަނީ އެމްޓީސީސީންނެވެ. މީގެ އެއް މަސައްކަތަކީ މާލޭގެ އަމީނީމަގުގެ މަސައްކަތެވެ.
އާރުޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އާރުޑީސީން ގިނަ ޕްރޮޖެކްޓްތައް ހިންގަން ސަރުކާރުން ދިންމަމަވެސް، އެކުންފުންޏަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް