ރަށު ޕިކަޕުތަކެއް: ފޮޓޯ/ ތ. އަތޮޅު ކައުންސިލް
ރަށު ޕިކަޕުތަކެއް: ފޮޓޯ/ ތ. އަތޮޅު ކައުންސިލް
ހަބަރު 26 Nov 2026 | 13:46

އަތޮޅުތެރޭގައި ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޚާއްޞަ ލުއިތަކެއް ދީފި

ރާއްޖޭގެ އެކި އަތޮޅުތަކުގައި ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުންދާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދީފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަތޮޅުތެރޭގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކޮށްފައެވެ. އެހެންކަމުން، މި ކެޓަގަރީތަކުގެ އުޅަނދުތައް މިހާރު އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ. މީގެ އިތުރުން، ކުރިންވެސް ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީގެ އިޢުލާނުގައި އިތުރަށް ބުނި ގޮތުގައި، ރާއްޖެއަށް އިމްޕޯޓްކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީ ކުރުން ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ އުޅަނދުތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށްވެސް ވަނީ ލުޔެއް ދީފައެވެ. އެގޮތުން، ލިޔެކިޔުން ހަމައަށް ނެތް އުޅަނދުތައް، އެ އުޅަނދެއްގެ "ރޯޑްވާދިނަސް" (ދުއްވަން އެކަށީގެންވާކަމުގެ) ލިޔުމަށް ބަލައި ރަޖިސްޓަރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކެއްގެ މަންޒަރު: އެމްއޭސީއެލް
26 Nov 2026 ހަބަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކެއްގެ މަންޒަރު: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނި ގޮތުގައި، އެ ވީޑިއޯއިން ފެންނަނީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެކެވެ. މިއީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނު ހަރަކާތެއްގެ ބައެކެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. އޭނާ ގޭބަންދަށް މި ބަދަލުކުރީ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ
26 Nov 2026 ހަބަރު

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ

މި މައްސަލައާ ގުޅިގެން ވ. ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މި ހިނގާ ނޮވެމްބަރު މަހުގެ 23 ވީ އާދީއްތަ ދުވަހު، ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި
26 Nov 2026 ހަބަރު

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި

އެމްއޭސީއެލުން އެމްއެންޑީއެފާ ގުޅިގެން ނޫވިލު ސީޕްލޭން ޓާމިނަލުގައި ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރުމުގެ ތަމްރީނެއް ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
26 Nov 2026 ހަބަރު

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ

މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ
26 Nov 2026 ހަބަރު

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ހޮޓެލްގެ މަޝްރޫއު ނިމިގެންދާއިރު މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި
26 Nov 2026 ހަބަރު

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި

އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޒަމާނީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން އަލުން ފަށައިފިއެވެ.

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ
26 Nov 2026 ހަބަރު

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.