ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ
ފުލުހުން ބުނީ މޮ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 02:15 އެހައިކަންހާއިރުކަމަށެވެ.
އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށާ، އެގޮތުން ކުރި މަސައްކަތުން، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް