ހުވަނި
ހުވަނި
ހަބަރު 25 Nov 2026 | 20:59

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ

ރީތިގަސް މަގުގެ ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ގަސްތަކަށް ބޭސް ޖެހުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާތީވެ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އެދިއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑިސީން ބުނީ ހުވަނި ބޭސް ޖެހުމުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުވަނި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހެނދުނު 9:00 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފައެވެ. އެގޮތުން ބޭސް ޖެހުމުގެ ކުރިން ރީތިގަސް މަގުގެ ދެ ފަރާތުގައި، ޚާއްޞަކޮށް ހުވަނީގެ އަސަރު ފޯރާފައިވާ ދަނބު ގަސްތަކުގެ ދަށުގައި ބަހައްޓާފައިވާ ހުރިހާ އުޅަނދެއް ނެގުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ބޭސް ޖެހުމުގެ މަސައްކަތް ހިނގަމުންދާ ދެ ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުވަނީގެ އުނދަގޫ ބޮޑުވެފައިވާއިރު، އަތިރިމަތީ ސަރަހައްދުގައި ހުރި ބައެއް މަދުގަސްތަކުގައިވެސް ވަނީ ހުވަނި އަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

 އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
25 Nov 2026 ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ.

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް
25 Nov 2026 ހަބަރު

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް

މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވިގެންދާނެ އެވެ.

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް
25 Nov 2026 ހަބަރު

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ
25 Nov 2026 ހަބަރު

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް
25 Nov 2026 ހަބަރު

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ.

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ
25 Nov 2026 ހަބަރު

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ

ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް ބޭންކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
25 Nov 2026 ހަބަރު

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރަންޖެހެނީ "ވަންގަވް" ގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" އެވެ.

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
25 Nov 2026 ހަބަރު

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިއްޔެ ކ. ހުރާގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.