މިނިސްޓާ އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ސިޔާޒް
މިނިސްޓާ އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ސިޔާޒް
ހަބަރު 25 Nov 2026 | 16:44

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް

ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް މިނިސްޓާ އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ސިޔާޒް އައްޔަންކުރައްވައިފި އެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި ޤާއިމް ކުރެވިފައިވާ އޮފީހެކެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހެމެނެނީ:

  • ފިކުރީ މުދާ ރަޖިސްޓަރީކުރުން.

  • ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން.

  • ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.

  • ފިކުރީ މުދަލާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން.

  • ފިކުރީ މުދަލުގެ ދާއިރާއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.

  • ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

  • ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

 އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
25 Nov 2026 ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ.

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ
25 Nov 2026 ހަބަރު

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް
25 Nov 2026 ހަބަރު

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ.

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ
25 Nov 2026 ހަބަރު

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ

ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް ބޭންކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
25 Nov 2026 ހަބަރު

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރަންޖެހެނީ "ވަންގަވް" ގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" އެވެ.

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
25 Nov 2026 ހަބަރު

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިއްޔެ ކ. ހުރާގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
25 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަމީރު އަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.