ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ޕްރެސް ކޮންފަރެސްސެއްގައި. ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ޕްރެސް ކޮންފަރެސްސެއްގައި. ފޮޓޯ: ރައީސް އޮފީސް
ހަބަރު 25 Nov 2026 | 15:22

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރަންޖެހެނީ "ވަންގަވް" ގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" އެވެ.

ކޮމިޝަނުން ބުނީ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޑިސެމްބަރުމަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މި އުސޫލުގެ ދަށުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ އެ އަހަރަކު ޝަރުތު ހަމަވާ މީޑިއާތަކަށް ދޫކުރެވޭނެއެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައި މި ފައިސާ ހިމެނުމަށް އުސޫލުގައި ކަނޑައަޅައިފައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ މީޑިއާ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ދަފުތަރުކޮށްފައިވާ އަމިއްލަ މީޑިއާތަކަށް މި އެހީއަށް ކުރިމަތިލެވޭ އިރު، ދަފުތަރުވި ތާރީޚުން ފެށިގެން މެދުނުކެނޑި އެއް އަހަރު ޚިދުމަތް ދީފައި ވާންޖެހެއެވެ. ޓެކްސް ކްލިއަރެންސް ރިޕޯޓާއި ޕެންޝަން ކޮމްޕްލައިންޓް ސެޓުފިކެޓު ހުށަހެޅުމާއި، މުވައްޒަފުންގެ މުސާރަ ބެންކު މެދުވެރިކޮށް ޖަމާކުރާ ކަމުގެ ހެކި ހުށަހެޅުމާއި، މީޑިއާ ކޯޑް އޮފް އެތިކްސް އާންމުކޮށްފައި ވުމަކީ ވެސް ޝަރުތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ
25 Nov 2026 ހަބަރު

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ

ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް ބޭންކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
25 Nov 2026 ހަބަރު

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިއްޔެ ކ. ހުރާގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
25 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަމީރު އަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.