ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދުގެ ޕްރެސްގައި.. ފޮޓޯ: ވީޑިއޯ ސްކްރީން ޝޮޓް
ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދުގެ ޕްރެސްގައި.. ފޮޓޯ: ވީޑިއޯ ސްކްރީން ޝޮޓް
ހަބަރު 25 Nov 2026 | 15:33

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ

ދިވެހިރާއްޖޭގެ ތުއްތު ކުދިން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމުގެ ގޮތުން، ވަކި އުމުރުފުރާއަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ރެސްޓްރިކްޓް ކުރުމާ ގުޅޭގޮތުން ސަރުކާރުން ދިރާސާތަކެއް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް ބޭންކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ޕްރެސް ކޮންފަރެންސެއް ކުއްލި ގޮތަކަށް ބާއްވަން ޖެހުނީ ވެސް އެ ދޮގު މައުލޫމާތުތަކުގެ ހަގީގަތް އާންމުންނަށް ސާފުކޮށްދިނުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިއަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ދިމާވާ ގްރޫމިން، ސައިބާ ބުލީއިން، މިސްއިންފޮމޭޝަން އަދި އުމުރާ ނުގުޅޭ ކަންކަމަށް އެކްސްޕޯޒްވުމުން އެ ކުދިން ރައްކާތެރިކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކެބިނެޓުގެ ސަބް ކޮމިޓީއެއްގެ ގޮތުގައި އޮންނަ ސޯޝަލް ކައުންސިލަށް، މިކަމުގައި އަޅަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފައެއް ހޯދުމަށް އިއްޔެ ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓެކްނިކަލް ޓީމުތަކުގެ ދިރާސާތަކަށް ބަލާއިރު، ސޯޝަލް މީޑިއާ ރެސްޓްރިކްޝަން ގެނައުމަށް އެންމެ އެކަށީގެންވާ އުމުރަކީ 16 އަހަރުން ދަށް ކަމަށް މިހާތަނަށް ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، މިއީ އަދި ނިމިފައިވާ ނިންމުމެއް ނޫން ކަމަށާއި، މިކަމުގައި މަދަނީ ޖަމްއިއްޔާތަކާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު، އެކުލަވައިލެވޭ ސިޔާސަތު ކެބިނެޓަށް ހުށަހަޅައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ފަހުން ގެންނާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކުދިންގެ ތައުލީމާއި، ސިއްހީ މައުލޫމާތާއި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ ޕްލެޓްފޯމްތަކަށް ހުރަސްއެޅުން ނޫން ކަމަށާއި، ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން، އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ބޭނުންތެރި ޚިދުމަތްތައް ލިބޭނެ މަގު ފަހިވެފައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެކަނި ކޮންޓްރޯލް ކުރެވޭނީ ކުދިންނަށް ގެއްލުންދެނިވި ޕްލެޓްފޯމްތަކެވެ.

މޯލްޑިވްސް 2.0 ގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޛު ކުރަމުންދާ އިރުގަ، އުމުރުން ދިހަ އަހަރުން މަތީގެ ކުދިންނަށް ވެސް އަޅުގަނޑުމެން މި ބަލަނީ އީފާސް މެދުވެރިކޮށް ބައެއް ކަހަލަ ޚިދުމަތްތަކަކާ ބައެއް ކަހަލަ ކަންކަމަށް އެކްސެސް ވެ، އަދި ތައުލީމީ ބޭނުންކުރާ ޕްލެޓްފޯމްތަކުގަ އާ ޞިއްޙީ މަޢުލޫމާތުތައް މި ހުށަހަޅާ ޕްލެޓްފޯމްތަކާ އަދި ކުދިންގެ ޑިވެލޮޕްމަންޓަށް ޓަކައި އޮންލައިން އެންގޭޖްމަންޓްތަކުގަ ބޭނުންވާނެ ހުރިހާ ދިމާލަކަށް އެކްސެސް ވާނެގޮތް

ދާހިލީ ވަޒީރު އަލީ އިހްސާން

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ބޮޑެތި ސޯޝަލް މީޑިއާތައް ރެސްޓްރިކްޓް ކޮށްފައިވާ ކަމަށެވެ. އަދި ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނަށް، ނޯވޭ އަދި އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް، އަދި އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށް ބެލެނިވެރިންގެ ހުއްދައާ އެކު ނޫނީ ބޭނުންނުކުރެވޭ ގޮތް ހަދަމުންދާ ކަމަށެވެ. މީގެއިތުރުން ޔޫއޭއީގައި ވެސް އެންމެ ދަށް އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅައި، ރައްކާތެރި މާހައުލެއް ގާއިމުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ދިވެހި ތުއްތު ކުދިންނަށް އޮންލައިން ވެށީގައި ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ނުރައްކާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
25 Nov 2026 ހަބަރު

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރަންޖެހެނީ "ވަންގަވް" ގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" އެވެ.

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
25 Nov 2026 ހަބަރު

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިއްޔެ ކ. ހުރާގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
25 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަމީރު އަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.