އަބިޖީތު؛ ފޮޓޯ / މިޑް ޑޭ
އަބިޖީތު؛ ފޮޓޯ / މިޑް ޑޭ
ހަބަރު 24 Nov 2026 | 19:22

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އުރީދޫ މޯލްޑިވްސްގެ ފަން ރަން 2026 ގެ މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ދައްކައިދިނުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ އަބިޖީތު ސާވަންތު ރާއްޖެ ގެންނަން ނިންމައިފިއެވެ.

ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޝޯ އިއުލާންކޮށް، އުރީދޫއިން ބުނީ ލައިވް މިއުޒިކާއި މުނިފޫހިފިލުވުމުން ފުރިގެންވާ، ހަނދާނުން ފޮހެލަން ދަތި ރެއަކަށް މި ޝޯ ވެގެންދާނެ ކަމަށެވެ.

2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްގެން މަޝްހޫރުކަން ހޯދި އަބިޖީތުގެ ފުރަތަމަ އަލްބަމް "އާޕްކާ އަބިޖީތު ސާވަންތު" އާއި އެ އަލްބަމްގައި ހިމެނޭ "މޮހައްބަތޭން ލުޓާއުންގާ" ލަވައާއެކު އިންޑިއާގެ މިއުޒިކީ ދާއިރާގައި އޭނާ ވަނީ ވަރުގަދަ ނަމެއް ހޯދައިފައެވެ. ވިއްސަކަށް އަހަރަށް ވުރެ ދިގު ކެރިއަރުގައި ރެކޯޑިން އާޓިސްޓެއް، ބޮލީވުޑް ޕްލޭބެކް ސިންގާއެއް، އަދި ލައިވް ޕާފޯމާއެއްގެ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވެއެވެ. "ޖުނޫން" އާއި "ފަރީދާ" ފަދަ މަގުބޫލު އަލްބަމްތަކުގެ އިތުރުން "އާޝިގް ބަނާޔާ އާޕްނޭ" އަދި "ތީސް މާރް ޚާން" ހިމެނޭހެން ބޮލީވުޑް ފިލްމުތަކަށް ވެސް ލަވަކިޔައިދީފައިވެއެވެ.

ރިއެލިޓީ ޓީވީގެ ދާއިރާގައި ވެސް އަބިޖީތު ވަނީ ކާމިޔާބީ ހޯދައިފައެވެ. އޭޝިއަން އައިޑަލްއިން ތިންވަނަ އަދި "ޖޯ ޖީތާ ވޯހީ ސުޕަސްޓާ" އިން ދެވަނަ ހޯދީ އެ ދާއިރާއިންނެވެ. އެންމެ ފަހުން 2024 ވަނަ އަހަރު ބިގް ބޮސް މަރާޓީ ސީޒަން ފަހެއްގެ ދެވަނަ ވެސް އޭނާ ވަނީ ހޯދައިފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފައިވާ އުރީދޫ ފަން ރަނަކީ ކުލައާއި މިއުޒިކާއި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުން ގުޅުވައިގެން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބައެއް އެއް ތަނަކަށް ގެނެސްދޭ ހަރަކާތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
24 Nov 2026 ހަބަރު

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި
24 Nov 2026 ހަބަރު

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
24 Nov 2026 ހަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު މިދިޔަ މަހު، އާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް
24 Nov 2026 ހަބަރު

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް

އެ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިލްޑް ހެލްޕްލައިން ކަމަށްވާ "1412" އަށް 1،775 ކޯލް ލިބިފައިވެއެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން ކަމަށްވާ "1421" އަށް 549 ކޯލް ލިބިފައިވެއެވެ. އެގޮތުން، އެންމެ ގިނައިން ކޯލްތައް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިނަށެވެ.