ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 153 ކުދިން ކަމުގައި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ހިމެނޭހެން 153 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު މިދިޔަ މަހު، އާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ބަލާއިރު އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 11 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން އަޅާލައި ބެލެހެއްޓުމުގެ ހަތަރު މައްސަލަ އަކާއި ނާޒުކު ފަރާތްތައް/ އާއިލާތައް އަޅާލައި ބެލެހެއްޓުމުގެ ހަތަރު މައްސަލަ އަކާއި މާލީ ފޯރުންތެރިކަން ނެތް ފަރާތަކަށް/ އާއިލާ އަޅާލައި ބެލެހެއްޓުމުގެ ދެ މައްސަލައަަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ މައްސަލަ އެކެވެ.
އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންނާއި ގުޅުންހުރި ތިން މައްސަލައަކާއި އަންހެނުންނާއި ގުޅުންހުރި އަށް މައްސަލައެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް