"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --
ހަބަރު 24 Nov 2026 | 16:49

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސް ކުރައްވައިފި އެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މެންދުރު ޔޫތުހަބްގެ ހޯލުގައި ކުރިއަށްދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމުގައެވެ. އެހެންކަމުން، އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާ ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވި އެވެ. ހަމަ މިޔާއެކު، ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ޞިއްޙީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ މުހިންމު ކަމެއް ކަމުގައެވެ. އަދި ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ޙިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް، އެކަމަނާ ޒުވާނުންނަށް ނަސޭޙަތްތެރިވެވަޑައިގެންނެވި އެވެ.

މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ޤާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވި އެވެ.

"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --
"ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު --

ވާހަކަފުޅު ނިންމަވާލައްވަމުން، އެކަމަނާ ވިދާޅުވީ، އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއަކަށް ވާންވާނީ، ހުރިހާ ކުދިންގެ ރައްކާތެރިކަން ކަމަށާއި، އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކުވެސް، ހިތްވަރު ލިބިގެން އެހީއަށް އެދުމުން އޭނާއަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކި، އިންސާފު ލިބޭނޭކަން ޔަޤީންކޮށްދޭން ޖެހޭނެ ކަމުގަ އެވެ. އަދި ޒުވާނުންނަކީ، މި ޤައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި، އީޖާދީ ވިސްނުމާއެކު ޤައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި
24 Nov 2026 ހަބަރު

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
24 Nov 2026 ހަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު މިދިޔަ މަހު، އާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް
24 Nov 2026 ހަބަރު

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް

އެ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިލްޑް ހެލްޕްލައިން ކަމަށްވާ "1412" އަށް 1،775 ކޯލް ލިބިފައިވެއެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން ކަމަށްވާ "1421" އަށް 549 ކޯލް ލިބިފައިވެއެވެ. އެގޮތުން، އެންމެ ގިނައިން ކޯލްތައް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިނަށެވެ.