ސްޕްރީމް ކޯޓު
ސްޕްރީމް ކޯޓު
ހަބަރު 24 Nov 2026 | 16:44

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ފޯރުކޮށްދިން ކަމަށް ބުނެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެ މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުލަތުން ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

މި މައްސަލައިގެ އަސްލަކީ 2008 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ހިނގި މުޢާމަލާތެކެވެ. ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކާއި ހެލްތު ޕޯސްޓުތަކަށް މެޑިކަލް ސާމާނު ސަޕްލައި ކުރުމަށް ހުޅުވައިލި ޓެންޑަރެއް ސެންޓަރ އެންޓަރޕްރައިސަސްއަށް އެވޯޑުކޮށް، 28 އޮކްޓޫބަރު 2007 ގައި ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެއްބަސްވުމުގެ ޖުމުލަ އަގަކީ 2,011,510.99 އެމެރިކާ ޑޮލަރެވެ.

އެ ފައިސާ ނުލިބިގެން ސެންޓަރ އެންޓަރޕްރައިސަސްއިން 7 އެޕްރީލް 2022 ގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. އެ ކުންފުނިން އެދުނީ އިންވޮއިސްގެ ފައިސާއާއި ސަރޗާޖު އެއްކޮށް 5.1 މިލިއަން ޑޮލަރު ހޯދުމަށެވެ. ސިވިލް ކޯޓުން 28 މާރިޗު 2023 ގައި ޙުކުމް ކުރީ 2,011,510.99 ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށެވެ. ދައުލަތަށް ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުޞަތު ދިނުމުންވެސް ޖަވާބު ހުށަހަޅާފައި ނުވާތީ، މުޅި ދަޢުވާއަށް އިންކާރުކުރާ ކަމަށް ބަލައިގެން ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންދިޔައީއެވެ.

ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު، ހައިކޯޓުގެ ނިންމުންވެސް ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫން ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ އިއްޔެއެވެ. މި މައްސަލަ ނިންމާފައިވަނީ އިއްޔެ ތިން ފަނޑިޔާރުންގެ ބެންޗުންނެވެ. މި މައްސަލައިގައި ދަޢުވާކުރުން ލަސްވުމުގެ ސަބަބުން ދިފާޢުވުމުގެ ޙައްޤަށް ހުރަސް އެޅުނު ކަމާއި، ހެކި ވަޒަންކުރުމާއި، އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުން ފަދަ ނުކުތާތަކަށް ސްޕްރީމް ކޯޓުން ވަނީ ރިޔާއަތްކޮށްފައެވެ.

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް ވަނީ ސެންޓަރ އެންޓަރޕްރައިސަސް އިން ދައުލަތުގެ ބައެއް އިދާރާތަކަށް ފޯރުކޮށްދިން ހިދުމަތްތަކަށް ފައިސާ ނުދައްކާކަމަށް ބުނެ އެކުންފުނިން ހުށަހެޅި މައްސަލަތަކުގެ ލިޔެކިޔުންތަކުގައި ބޮޑެތި އޮޅުވާލުންތަކެއް އުޅޭކަމަށް ފާހަގަކުރެވޭތީވެ އެކުންފުންޏާ ދެކޮޅަށް ޖިނާއީ ފުރިހަމަ ތަހްގީގެއް ކުރުމަށް އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
24 Nov 2026 ހަބަރު

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
24 Nov 2026 ހަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދީން، ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު މިދިޔަ މަހު، އާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް
24 Nov 2026 ހަބަރު

އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް

އެ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިލްޑް ހެލްޕްލައިން ކަމަށްވާ "1412" އަށް 1،775 ކޯލް ލިބިފައިވެއެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން ކަމަށްވާ "1421" އަށް 549 ކޯލް ލިބިފައިވެއެވެ. އެގޮތުން، އެންމެ ގިނައިން ކޯލްތައް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިނަށެވެ.

އެޗްޑީސީއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފި
24 Nov 2026 ހަބަރު

އެޗްޑީސީއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފި

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

އޮފީހަކުން ވަގަށް ނެގި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި، ތުހުމަތުކުރެވޭ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި
24 Nov 2026 ހަބަރު

އޮފީހަކުން ވަގަށް ނެގި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި، ތުހުމަތުކުރެވޭ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، 8800 އަށްވުރެ ގިނަ ޑޮލަރު ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
24 Nov 2026 ހަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. މަނަދޫ / ވެށި، މުޙައްމަދު ޒިޔާދު (28އ) އާއި ސ. މަރަދޫފޭދޫ / ނިލަމެހިގެ، އިސްމާޢީލް ނަޞީރު (45އ) އެވެ.

ވީއައިއޭގައި ބައިނަލްއަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓުގެ ހިދުމަތް ހުޅުވާލައިފި
24 Nov 2026 ހަބަރު

ވީއައިއޭގައި ބައިނަލްއަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓުގެ ހިދުމަތް ހުޅުވާލައިފި

މި ބަދަލާއެކު، ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ އިތުރު ދަތުރުވެރިންނަށް ރާއްޖެއަށް އަންނަ އިރާއި ރާއްޖެއިން ފުރާ އިރު އޮޓޮމޭޓެޑް ނިޒާމުން އިމިގްރޭޝަން މަރުޙަލާ ފުރިހަމަކުރެވޭނެއެވެ.