ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަމީރު އަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި ޖާގަ ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ. މި މަގާމަށް ސަމީރުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވެސް ކުރިމަތިލެއްވިއެވެ.
ސަމީރު ވަނީ މީގެ ކުރިން ހައި ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަފައެވެ. އެއީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އޭގެ ކުރިން މަދަނީ ކޯޓު އަދި ފަހުން ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް